ޖުމްލަ ފަތުރުވެރިން %9.1 އިތުރުވިއިރު ޔޫރަޕު ފަތުރުވެރިން %14.1 އިތުރުވެއްޖެ

މި އަހަަރު އެންމެ ގިނަ ފަތުރުވެރިން އައީ ޔޫރަޕުން ކަމަށްވާއިރު އެ ބައްރުން އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރަށްވުރެ 14.1 އިންސައްތަވަނީ އިތުރުވެފަ އެވެ.

ކްރޫޒްލައިނާތަކުން ފައިބާ ފަތުރުވެރިންތަކެއް މަޑު ކޮށްއްލައިގެން -- ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޔޫރަޕުން ދިވެހިރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތް ނިމުނު އަހަރާ އަޅާބަލާއިރު 14.1 އިންސައްތަ އިތުރުވެއްޖެ އެވެ. 

އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އައީ ޖުމްލަ 1،664،648 (އެއް މިލިއަން ހަލައްކަ ފަސްދޮޅަސް ހަތަރުހާސް ހަސަތޭކަ ސާޅީސް އަށް) ފަތުރުވެރިންނެވެ. އެއިން 963،585 ފަތުރުވެރިންނަކީ ޔޫރަޕުން އައި ފަތުރުވެރިންނެވެ. އެއީ މި އަހަރު އައި ފަތުރުވެރިންގެ 57.8 އިންސައްތަ އެވެ. 

ފާއިތުވި 2023 ވަނަ އަހަރުގެ ޖަނަވަރީން އޮކްޓޯބަރުގެ ނިޔަލަށް ޔޫރަޕުން އައިސްފައިވަނީ 843،896 ފަތުރުވެރިންކަމަށްވާތީ މި އަހަރު ޔޫރަޕުން އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރަށްވުރެ 14.1 އިންސައްތަ އިތުރުވެފައިވެ އެވެ. 

ޔޫރަޕުގެ އިތުރުން އޭޝިޔާއިން އައި ފަތުރުވެރިންގެ އަދަދުވެސް މި އަހަރުވަނީ އިތުރުވެފަ އެވެ. އެގޮތުން ނިމުނު އަހަރު 467،096 ފަތުރުވެރިން އޭޝިޔާއިން އައިސްފައިވެ އެވެ. މި އަހަރު އެ އަދަދުވަނީ 497،609 އަށް އިތުރުވެފަ އެވެ. އެއީ 6.5 އިންސައްތައިގެ ކުރިއެރުމެކެވެ. 

ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު މެދުއިރުމަތިންނާއި އެމެރިކާ ބައްރުން އައި ފަތުރުވެރިންގެ އަދަދުވަނީ މަދުވެފަ އެވެ. އެގޮތުން މެދުއިރުމަތިން ނިމުނު އަހަރު 69،687 ފަތުރުވެރިން އައިސްފައިވާއިރު މި އަހަރު އައީ 67،224 ފަތުރުވެރިންނެވެ. އެއީ ނިމުނު އަހަރަށްވުރެ %3.5 ދަށް އަދަދެކެވެ. 

ނިމުނު އަހަރު އެމެރިކާއިން އައިސްފައިަވނީ 89،054 ފަތުރުވެރިންނެވެ. މި އަހަރު އެ އަދަދުވަނީ 85،601 ފަތުރުވެރިންނަށް މަދުވެފަ އެވެ. އެއީ 3.8 އިންސައްތައިގެ ދަށްވުމެކެވެ. 

ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންނަށްވުރެ މި އަހަރު އައި ފަތުރުވެރިންގެ ޖުމްލަ އަދަދުވަނީ ގާތްގަނޑަކަށް 9.5 އިންސައްތައިން އިތުރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.