ބުޅާހިޔާ ކައުންސިލުން ވަކިކޮށް ސަރުކާރަށް ނަގަން ނިންމައިފި

އެތަން ކުއްލި ގޮތަކަށް ނަގަން މި ނިންމީ އެތަނަށް މުވައްޒިފުން ހޯދާ ބުޅާތައް ވެސް ގެންދަން ފަަށާފައި ވަނިކޮށެވެ.

މޭޔަރު އާދަމް އާޒިމް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު

މާލޭ މަގުމަތީގައި ގިނަ ވެފައިވާ ބުޅާތައް ބެލެހެއްޓުމަށް ހަދާފައިވާ ޕެޓް ކެއާ ފެސިލިޓީއަށް މިއަދު ބުޅާ ގެންގޮސް އެތަން އޮޕަރޭޝަނަށް ގެންނަން ނިންމާފައި ވަނިކޮށް ބުޅާފެސިލީޓީ ކައުންސިލުން ވަކިކޮށް ސަރުކާރަށް ނެގުމަށް ނިންމައިފި އެވެ.

އެ ނިންމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން މިއަދު ވަނީ ސިޓީ ކައުންސިލަށް އަންގާފަ އެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް އެޑްރެސްކޮށް އެ މިނިސްޓްރީން ފޮނުވު ސިޓީގައި ބުނެފައި ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމވީ މިދިޔަ މަހުގެ ހަތަރުވަނަ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.

އެ ޖަލްސާގައި ރައީސް މުއިއްޒު ނިންމަވާ އިރުޝާދު ދެއްވީ ބުޅާ ފެސިލިޓީ މިނިސްޓްރީގެ ދަށުން ހިންގެވެމަށް ކަމަށާ އަދި އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ބުންޏެވެ.

އެހެން ކަމުން އެކަމާމެދު މަަޝްވަރާ ކުރުމަށް ބާއްވާ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމަށް މޭޔަރުގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.

އޮޅުހިޔާ ކައިރީގައި ބުޅަލެެއް

ބުޅާ ގެންގުޅޭނެ ތަނެެއް ހެދުމަކީ މޭޔަރުގެ މަގާމަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ހިންގެވި ކެމްޕެެއިންގައި ވެވަޑައިގެންނެވި ވައުދެެކެވެ. ނަމަވެސް އެމަނިކުފާނުގެ މޭޔަރު ކަމުގައި އެ މަސައްކަތުގެ އެެއްވެސް ކަމެެއް ކުރެއްވިފައެއް ނުވެ އެވެ. ސަރުކާރުގެ ބައިވެރިވުން އޮވެގެން އެ މަސައްކަތް ފަށާ ނިންމާލީ މޭޔަރު އާޒިމްގެ ލީޑާޝިޕް ގަ އެވެ.

އެތަން ކުއްލި ގޮތަކަށް ނަގަން މި ނިންމީ އެތަނަށް މުވައްޒިފުން ހޯދާ ބުޅާތައް ވެސް ގެންދިއުމުގެ މަސައްކަތް ފަށަން މިއަދު ނިންމާފައި ވަނިކޮށެވެ. މީގެ މަސް ދުވަސް ކުރީން ނިންމި ނިންމުމެއް މިއަދު ކައުންސިލަށް އެންގި ސަބަބެެއް ސާފެއް ނުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.