ޗައިނާ ސަފީރު ރައީސް އަރިހަށް ވަދާއީ ޒިޔާރަތްކުރައްވައިފި

އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގާއިމްކޮށްފައިވާ ވަރުގަދަ ގުޅުން ދިވެހި ސަރުކާރުން ދަމަހައްޓަމުން އަންނާތީ އެކަމަށް ވެސް ވަންގް ވަނީ ތައުރީފު ކުރައްވައި، މަރުހަބާ ދަންނަވާފަ އެވެ.

ޗައިނާ ސަފީރު ވަންގް ލިޒިން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވަނީ --

ޗައިނާ ސަފީރު ވަންގް ލިޒިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ހަތަރު އަހަރުގެ ދައުރު ނިމުމުން އެކަމަނާ މިއަދު ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސަށް ވަދާއީ ޒިޔާރަތް ކުރައްވާފަ އެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން މިއަދު ބުނީ އެކަމަނާގެ ދައުރުގައި ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވައި، ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު އެކި ދާއިރާތަކުން ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް ރައީސް ފާހަގަކުރައްވާފައިވެ އެވެ.

ސަފީރު ވަންގް ވަނީ އެކަމަނާގެ ދައުރުގައި ރައީސާއި ސަރުކާރުން ވެދެއްވި އެހީތެރިކަމަށް ޝުކުރު ދަންނަވާފަ އެވެ. އަދި ފާއިތުވި އެއްއަހަރުގެ ތެރޭގައި ސަރުކާރުން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތައް ފާހަގަކުރައްވައި މަރުހަބާ ދަންނަވާފައިވެ އެވެ.

ޗައިނާ ސަފީރު ވަންގް ލިޒިން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވަނީ --

އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގާއިމްކޮށްފައިވާ ވަރުގަދަ ގުޅުން ދިވެހި ސަރުކާރުން ދަމަހައްޓަމުން އަންނާތީ އެކަމަށް ވެސް ވަންގް ވަނީ ތައުރީފު ކުރައްވައި، މަރުހަބާ ދަންނަވާފަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި އަދި ކުރިއަށް ރާވާފައި ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ބައްދަލުވުމުން ނިންމާލާފައި ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވުމަށްފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެކަމަނާ އިއްޔެ ވަނީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އަރިހަށް ވެސް ވަދާއީ ޒިޔާރަތެއް ކުރައްވާފަ އެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ވަންގް އައްޔަނު ކުރައްވާފައި ވަނީ ސެޕްޓެމްބަރު 6، 2021 ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.