ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަޝިޕަށް ހުޅުވާލައިފި

ބީއެމްއެލް އިން ބުނީ މި ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުން ކަމަށެވެ.

ބީއެމްއެލް އަދި އެމްއޯސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން --

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން ދެވަނަ އަހަރަކަށް ސްޕޯޓްސް ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ. 

ބީއެމްއެލް އިން ބުނީ މި ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުން ކަމަށެވެ.

ސްކޮލަޝިޕަށް ކުޅުންތެރިން ހޮވުމުގެ ކަންތައް ބަލަހައްޓާނީ އެމްއޯސީއިންނެވެ. އަދި އެމްއޯސީގެ މެމްބަރު އެސޯސިއޭޝަންތަކަށް ނޮމިނޭޝަން ހުޅުވާލެވޭނެ އެވެ. މި ސްކޮލަޝިޕްގެ ދަށުން ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ހޮވޭ ކުޅުންތެރިންނަށް ލިބިގެން ދާނެ ކަމަށް ބޭންކުން ބުންޏެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި، ހަތަރު ކުޅިވަރަކުން ހަތް ކުޅުންތެރިން ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައިވެ އެވެ. މިއީ ރާއްޖޭގައި އެންމެ މޮޅު ހުނަރުވެރި ކުޅުންތެރިން ތަމްރީނުކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.