މި އަހަރުގެ ބަޖެޓު ހުސްވުމާ ގާތަށް | ބާކީ ހަ ބިލިއަން

މި ބަޖެޓުން ރިކަރަންޓް ހަރަދަށް 28,6 ބިލިއަން ރުފިޔާ ހޭދަ ވަނީ ވެފަ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 27 ބިލިއަން ރުފިޔާގަ އެވެ.

ބަޖެޓް ފޮތެއް : މި އަހަރު ބަޖެޓުން ބޮޑު ހޭދައެއް ކޮށްފައިވަނީ ރިކަރަންޓް ހޭދައަށް -- މަޖިލިސް

އަހަރު ނިމުމަކާ ގާތަށް ގޮސްފައިވާއިރު މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ބާކީ މި ވަގުތު ހުރީ ހަ ބިލިއަން ރުފިޔާ އެވެ. 

ފިނޭންސުން ނެރުނު ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން މިހާތަނަށް 40,8 ބިލިއަން ރުފިޔާ ވަނީ ހަރަދު ކުރެވިފަ އެވެ. މިދިޔަ އަހަރުގެ ހަރަދު ހުރީ 40,5 ބިލިއަން ރުފިޔާގަ އެވެ. އަދި މި އަހަރު ހަރަދު ކުރަން 47,6 ބިލިއަން ރުފިޔާ ފާސްކޮށްދީފައިވެ އެވެ. މިއީ ފަހުން ފާސްކުރި ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާއެކު މިހާތަނަށް ހަރަދުވެފައިވާ މިންވަރެވެ. 

ހަރަދުގެ މައިގަނޑު ބައިތައް ހުރި ގޮތް

  •  މި އަހަރު ޖުމްލަ ރިކަރަންޓް ހަރަދު 28,6 ބިލިއަން | މިދިޔަ އަހަރު 27,5 ބިލިއަން
  •  މި އަހަރު ޖުމްލަ ކެޕިޓަލް ހަރަދު - 12.1 ބިލިއަން | މިދިޔަ އަހަރު 13 ބިލިއަން

މި އަހަރުގެ މިހާތަނަށް މި އަހަރު މުސާރަ އާއި ޕެންޝަނަށް 11.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ  9,9 ބިލިއަން ރުފިޔާގަ އެވެ. މި އިތުރުވުން އައިސްފައިވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާއެކު މުވައްޒަފުން އިތުރު ވުމުގެ ސަބަބުންނެވެ. އަދި މި އަހަރުގެ މިހާތަނަށް މި އަހަރު އެޑްމިން އޮޕަރޭޝަން ހަރަދުތަކުގެ ގޮތުގައި 17,2 ބިލިއަން ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 17.1 ބިލިއަން ރުފިޔާގަ އެވެ. އަދި ކެޕިޓަލް އިކްއިޕްމަންޓް ހޯދުމަށް މި އަހަރު 924.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 449.4 މިލިއަން ރުފިޔާގަ އެވެ. އަދި އިންފްރާސްޓްރަކްޗާ އަށް 5.2 ބިލިއަން މި އަހަރު ހަަރަދު ކުރިއިރު މިދިޔަ އަހަރު މި އަދަދު ހުރީ 6.6 ބިލިއަން ރުފިޔާގަ އެވެ. 

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: އެސްއޯއީތައް ރިފޯމް ކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައި --

މި ބަދަލާއެކު މި އަހަރުގެ ބަޖެޓުގެ ޖުމްލަ ދަރަނި ވަނީ 10,9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު ވެސް ހުރީ މިވަރުގަ އެވެ. މި އަހަރު ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 14 ބިލިއަން ރުފިޔާގަ އެވެ. 

2025 ބަޖެޓް - ރައްޔިތުން މަޖިލީހަށް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާއާއި، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 37.2 ބިލިއަން ރުފިޔާ އެވެ. ޖުމްލަ އާމްދަނީީއާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރާއިރު ދައުލަތުގެ ހަރަދުތަކަށް ހިނގާނެކަމަށް ލަފާކުރަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއިން 35.8 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދުތަކެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އެއިން 12.4 ބިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިނގާނެކަމަށް ބެލެވޭ ހަރަދެވެ. އަންނަ އަހަރު ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނި އަދާކުރުމުގެ ހަރަދުތައް ނުހިމަނައި އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ލަފާކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.