ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތް ހޯދުމަށް ވެފައިވާ އެއްބަސްވުން އުވައިލަން ނިންމައިފި އެވެ.
ރައީސް މުއިއްޒާއި މި ސަރުކާރުގެ މަސްލަހަތު އޮތް ކަމަށް ބުނެވޭ އެމްއެމްޓީވީ ހިންގާ ކުންފުނިން ކުއްޔަށް ނަގާފައިވާ ތަނެއް އެންސްޕާއިން ކުއްޔަށް ނެގި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
އެންސްޕާ އިން މިރޭ ބަޔާނެެއް ނެރެ ބުނީ މި މުއާމަލާތާ ގުޅިގެން މީޑިއާ ކުންފުނީގެ އަގު ވައްޓާލައި ބަދުނާމު ކުރުމަށް ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ދައްކައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުން ދިއުމުގެ ސަބަބުން އެ ކުންފުންޏަަށް މާއްދީ ގޮތުންނާއި މައުނަވީ ގޮތުން ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމާ ކުރިމަތިވެފައިވާ ކަމަށެވެ.
އެހެން ކަމުން މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ހުށަހަޅައިފައިވާ ކަމަށް ބުންޏެވެ.