މައި އެލައިޑް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު އެލައިޑް އިންޝުއަރެންސްއިން ވިއްކާ އިންޝުއަރެންސް ސްކީމުތައް ގަނެވޭނެ އެވެ.
ދިރިއުޅުމުގެ ހުރިހާ ކަމެއް ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލް ވަމުންދާ މި ޒަމާނުގައި އަހަރެމެންނަށް ގިނަ ފަސޭހަތަކެއް ދަނީ ލިބެމުންނެވެ. އެކިއެކި އާންމު ޚިދުމަތްތައް ވެސް އޮންލައިން ޕޯޓަލްތަކާއި މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް ހޯދޭނެ މަގުތައް ދަނީ ފަހިވަމުންނެވެ. ރަސްމީ ގަޑީގައި އޮފީހެއްގައި ކިއު ހަދައިގެން ލިޔެކިޔުން ހުށަހެޅުމުގެ ޒަމާން މި ދަނީ މާޒީއަށް ވަމުންނެވެ. އިންޓަނެޓުގެ ފަސޭހަތަކަށް އަހަރެމެންގެ ކަންކަން ހޭނި، ދަނީ ތަރުތީބުވަމުންނެވެ.
ބާޒާރުކުރުމާއި ޔޫޓިލިޓީ ބިލުތައް ދެއްކުން ވެސް މި މޭރުމުން ތަރުތީބުވެއްޖެއެވެ. ހަމަ އެފަދައިން ދިރިއުޅުމުގެ ވަރަށް މުހިންމު އެއް ކަންތައް ކަމުގައިވާ، މާލީ ރައްކާތެރިކަން ހޯދުމުގެ ނިޒާމު ވެސް މިފަދައިން ތަރުތީބުވެއްޖެއެވެ. އިންޝުއަރަންސަކީ ވެސް މިހާރު އޮންލައިންކޮށް ބައްލަވައިގަނެވޭ އެއްޗެކެވެ.
އެލައިޑް އިންޝުއަރަންސުން "މައި އެލައިޑް" ޕޯޓަލް އުފެއްދީ މި މަގުސަތުގައެވެ—ކަސްޓަމަރުންގެ ދިރިއުޅުމުގެ ފަސޭހައަށެވެ. އެލައިޑުގެ އޮފީހަކަށް ދިއުމުގެ ބަދަލުގައި ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކު ހުރެގެން ވެސް ބުރަކަމެއް ނެތި އިންޝުއަރަންސް ޕްލޭނެއް ބައްލަވައިގަނެވޭނެ ގޮތް ތަރުތީބު ކޮށްލުމަށެވެ.
"މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އެލައިޑާއި އަޔާދީ ތަޚާފުލްގެ އެކިއެކި ޕްލޭނުތައް ބައްލަވައިގަނެވޭނެއެވެ. އަހަރެމެންގެ ތެރެއިން އެއްގަމު އުޅަނދުފަހަރު ދުއްވާ މީހުންނަށް މޮޓޯ އިންޝުއަރަންސާއި މޮޓޯ ތަކާފުލް، ބިދޭސީ މުވައްޒަފުން ގެންގުޅޭ ވިޔަފާރިތަކާއި އިދާރާތަކަށް އެކްސްޕެޓްރިއޭޓް ޕްލަސް އިންޝުއަރަންސް އަދި ތަކާފުލް، އަމިއްލަ ނަފްސަށް ދިމާވެދާނެ ހާލަތަކުން ބުރައެއް ޖެހިދާނެކަމުގެ ރައްކަލަކަށް ޓަކައި ދަތުރުވެރިންނަށް ހާއްސަ ޓްރެވަލް ތަކާފުލް އަދި ހައްޖާއި އުމްރާއަށް ދާ މީހުންނަށް ހައްޖު/އުމްރާ ތަކާފުލް ފަދަ ޕްލޭނުތައް "މައި އެލައިޑް" މެދުވެރިކޮށް ބައްލަވައިގަނެވޭނެއެވެ.
ގޭތެރޭގައި ގެންގުޅޭ މުދަލާއި އެކިއެކި އެއްޗެހީގެ ރައްކަލަށް ޓަކައި "އަހަރެންގެ ހިޔާ"، "ހިޔާވަހި"، އަދި "ހޯމް ކޮންޓެންޓް ތަކާފުލް" ފަދަ ޕްލޭނުތަކެވެ. އަދި ދަނޑުވެރިންނަށް ހާއްސަ ތަކާފުލް ޕްލޭން ވެސް "މައި އެލައިޑް" ޕޯޓަލްއިން ބައްލަވައިގަނެވޭނެއެވެ.
"މައި އެލައިޑް"ގެ ފަސޭހައަކީ، ޕޯޓަލް މެދުވެރިކޮށް ޕްލޭނުތަކާ ބެހޭ ތަފްސީލީ މައުލޫމާތު ފެންނަން ހުރެމެ، ޕޯޓަލް މެދުވެރިކޮށް ޕްލޭނު ބައްލަވައިގަނެވޭނެ މަގު ފަހިވެފައި އޮތުމެވެ. ހުށަހަޅާންޖެހޭ ލިޔެކިޔުމެއް ވާނަމަ ޕޯޓަލްއަށް އަޕްލޯޑު ކުރެވޭނެއެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކުމުގެ އިންތިޒާމު ވެސް އޮވެއެވެ.
ކުރީގައި ބައްލަވައިގެންފައިވާ ޕްލޭނުތަކުގެ މައުލޫމާތާއި މިހާރު އެކްޓިވްކޮށް ހިނގަމުންދާ ޕްލޭންތައް ވެސް "މައި އެލައިޑް" މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.
މީގެ އިތުރުން މި ޕޯޓަލް މެދުވެރިކޮށް ހެލްތް އިންޝުއަރަންސް ނުވަތަ ތަކާފުލްގެ ކްލެއިމްތައް ވެސް ކުރުމުގެ މަގު އޮންނަނީ ފަހިވެފައެވެ. ޕޯޓަލްގައިވާ ފޯމު ފުރާލައި، ޕޮލިސީ ނަންބަރާއި އަދި ދިމާވި ހާދިސާގެ ތަފްސީލު ޖެހުމުން ކްލެއިމްސްގެ ޕްރޮސެސް ވެސް ފެށިގެން ދާނެއެވެ—މިއީ ކުރިން އެލައިޑުގެ އޮފީހަށް ލިޔެކިޔުން ހަމަކޮށްގެން ގޮސް ހުށަހަޅާންޖެހޭ ކަންކަން ކަމުގައި ވީ ނަމަވެސް މިހާރު، ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތެއްގައި ވެސް ހުށަހެޅޭ ކަންކަމެވެ.
"މައި އެލައިޑް" ޕޯޓަލްއަކީ ހަމައެކަނި ވެބްސައިޓެއް ނޫނެވެ—އެލައިޑްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް "މައި އެލައިޑް"ގެ ހުރިހާ ހިދުމަތެއް ހޯއްދެވޭނެއެވެ.
އިތުރު އެހީ ބޭނުންވާ ނަމަ "މައި އެލައިޑް"ގެ ވެބްސައިޓު ނުވަތަ އެލައިޑްގެ މޯބައިލް އެޕްގައިވާ "ލައިވް ޗެޓް" ފަންކްޝަން ބޭނުންކޮށްގެން އެ އެހީއެއް ވެސް ހޯދުމުގެ މަގު އޮންނާނެއެވެ.
"މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އެކައުންޓެއް ހެދުމަށް ފަހު ކުރިއަށް ވަޑައިގަންނަވާށެވެ. އެލައިޑާއި އަޔާދީގެ މަގްސަދަކީ ދިރިއުޅުން ފަސޭހަކޮށްދީ، މާލީ ބުރަތަކުން ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.