ޝޮޓްގެ އެންމެ ހާއްސަ ކަމަކީ ހިތްގައިމު މާހައުލެއް އޮތުމާއެކު އަގުތައް ރީޒަނަބަލްވުމެވެ.
މާލޭގައި ރެސްޓޯރެންޓުތައް ހުއްޓަސް މަދުވަނީ ހިތްގައިމު މާހައުލެކެވެ. ފުރިހަމަ ތަނަވަސް ޖާގަ އެކެވެ. އާއިލާއެއްކޮށް ކެއުމަކަށް ގޮސް އުޅޭއިރު މިސް ވަނީ އެ ކަމެވެ. އެފަދަ މާހައުލެއްގައި ކެއުމަށް އިންސާފު ކުރަން އެދޭ އާއިލާތަކާއި ރަހުމަތްތެރިންނަށް ނޯތު ހާބަރުގައި ހާއްސަ ރެސްޓޯރެންޓެއް ހުޅުވައިިފި އެވެ ؛ އެއީ ދަ ޝޮޓް ރެސްޓޯރެންޓެވެ.
ރާއްޖޭގެ ރެސްޓޯރެންޓް ވިޔަފާރީގައި ތަޖުރިބާކާރު ކުންފުންޏަކުން ހާބަރުގައި ދަ ޝޮޓް ރެސްޓޯރެންޓް ހުޅުވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އެވެ.
ހާއްސަ ކަމަކީ ކޮބާ ؟ - ދަ ޝޮޓްގެ އެންމެ ހާއްސަ ކަމަކީ ރަހަތަކެވެ. އަދި ތަނަވަސް މާހައުލެއް އޮތުމެވެ. މީގެ އިތުރުން ބުފޭ އާއެކު ވަކިން ކެއުންތަކަށް އިންސާފު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް އަލަކާޓު މެނޫއެއްވެސް ހުރުމެވެ. މީގެ އިތުރުން ކޮއްތު ރޮށި އަދި ފްރައިޑް ރައިސް ފަދަ ކެއުންތައް އެންމެގެ ލޯމަތީގައި ވަގުތުން ތައްޔާރުކޮށްލަދޭ ސްޓޭޝަނެއް ހުރުމެވެ. އަގުތައް ރީޒަނަބަލްވުމަކީ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.
ޝޮޓް ރެސްޓޯރެންޓުން "މިރާ" އަށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި މިތަނަކީ އާއިލާ އެއްކޮށް ގޮސް ކެއުންތަކަށް އިންސާފުކޮށްލަން ވެސް ރަނގަޅު މާހައުލަކަށްވާނެ އެވެ.
"މަތީގަ އިންނާނެ އެއާކޯން ބައެއް ވެސް. މިއީ ސިނގިރޭޓް ބޯ އޭރިއާއެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
މި ރެސްޓޯރެންޓުގައި ސްމޯކިން ބަޔާއި ނޮން ސްމޯކިން ބައި ވަނީ ވަކި ކުރެވިފަ އެވެ. ވަކިން ތިބެވޭ ގޮތަށެވެ. އަދި ހަވީރު ސައިތައްޓެއް ބޯލަން ދާ މީހުނަށްވެސް ހެދިކާގެ ވައްތަރުތައް ނަން ހުސްކޮށް ހުރެ އެވެ.
މުސްތަގުބަލުގައި ޝޮޓްގައި ދިވެހިން އާއްމުކޮށް އަނގަ މީރުކޮށްލަން ކެއުމުގައި ބޭނުން ކުރާ "ގާޑިއާ ޕްރޮޑަކްޓްސް" ވެސް ލިބެން ހުންނާނެ އެވެ. ބޮނޑި އާއި ކުރުނބާ އަދި މަޖާ ފަދަ މީރު ކެއުންތައް މިތަނުން ލިބެން ހުންނާނެ އެވެ. ކުރިއަށް އޮތްތަނުގައި ހުއްދަ ލިބުމާއެކު މިތަން 24 ގަޑިއިރު ހިދުމަތް ދޭން ވެސް ފަށާނެ އެވެ.