އޮކްޓޫބަރު މަހު ބާޒާރުގައި އަގުތައް 0.16 ޕަސެންޓަށް ދަށް

އަގުތައް އެންމެ ބޮޑަށް ދަށްވުމުގައި އެންމެ ބޮޑު ބައެއް އަދާކުރީ އޮކްޓޫބަރު މަހުގެ ކަރަންޓު ބިލްތަކެވެ. ކަރަންޓު ބިލްތަކުން ވަނީ -2.64 ޕަސެންޓު ދަށްވެފައިވެ އެވެ.

ބާޒާރު މަތީ މީހަކު މަސައްކަތް ކުރަނީ -- މި

މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގައި މުދަލާއި ތަކެތީގެ އަގުތައް މި އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާނަމަ 0.16 ޕަސެންޓުގެ ދަށްވުމެއް އައިސްފައިވާ ކަމަށް ދައްކައިިފި އެވެ. 

ގައުމީ ތަފާސް ހިސާބު ބަލަހައްޓާ އޮފީސް، މޯލްޑިވްސް ސްޓެޓިސްޓިސްޓިކް ބިއުރޯއިގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހު ތަކެތީގެ އަގުތައް ވަނީ 0.16 ޕަސެންޓުގެ އުފުލެއް އައިސްފަ އެވެ، ނަމަވެސް އޮކްޓޫބަރު މަހު ތަކެތީގެ އަގުތައް 0.16 ޕަސެންޓު ދަށްވެފައިވާ ކަމަށް ދައްކަ އެވެ. 

އަގު ދަށްވީ ކަރަންޓު ބިލްގެ ސަބަބުން

މިދިޔަ އޮކްޓޫބަރު މަހު އަގުތައް އެންމެ ބޮޑަށް ވެއްޓިފައިވަނީ ކަރަންޓު ބިލްތަކުންނެވެ. މިދިޔަ މަހު އިންފްލޭޝަނަށް އެްމެ ބޮޑު އަސަރެއް ކޮށްފައިވަނީ އަގު ބާސްކެޓުގެ ހެދިއިރު ކަރަންޓު ބިލްތަކުގެ އަގުތައް ދަށްވެފައިވުމުންނެވެ. ކަރަންޓު ބިލުގެ އަގުތައް -2.64 ޕަސެންޓުގެ ދަށްވުމެއް އައިސްފައިވެ އެވެ. އަދި ތަރުކާރީގެ އަގުތައް -3.91 ޕަސެންޓުގެ ވެއްޓުމެއްގައި ހުރިއިރު ފުރުޓުގެ އަގުތައް އެއް ޕަސެންޓު ވަނީ ހެޔޮވެފަ އެވެ. މީގެ އިތުރުން ފޯނު އިކްއިޕްމަންޓުގެ އަގުތައް 1.68 ޕަސެންޓުގެ ވެއްޓުމެއް އައިސްފައިވެ އެވެ. އަދި ކާނާގެ އެހެން ބާވަތްތަކުގެ އަގުތަކުންވެސް -0.44 ޕަސެންޓު ހެޔޮވެފައިވާ ކަމަށް ދައްކަ އެވެ. 

އަގު އުފުލުނީ ފޯނުގެ ހިދުމަތުން

އޮކްޓޫބަރު މަހު އަގުތައް އުފުލިގެން ގޮސްފައިވާ އުރީދޫ އާއި ދިރާގުން ދެމުން ގެންދާ ފޯނުގެ ހިދުމަތުންނެވެ. މި ބައިގައި ހިމެނޭ މޮބައިލް ކޮމިއުނިކޭޝަން ހިދުމަތުން +2.88 ޕަސެންޓުގެ އުފުލިފައިވެ އެވެ. އަދި މަހުގެ އަގުތައް +1.37 ޕަސެންޓުގެ އުފުލުމެއް އައިސްފައިވެ އެވެ. މީގެ އިތުރުން ސީރިއަލްގެ އަގުތައް +0.22 ޕަސެންޓު އުފުލިފައިވެ އެވެ. 

މި އަހަރުގެ ވޭތުވެދިޔަ މަސް ތަކަށް ބަލާއިރު އަގުތައް ދަށްވެފައިވަނީ ހަތަރު މަހެއްގެ އެވެ. މި އަހަރު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ދަށްވެފައިވަނީ ޖެނުއަރީ މަހާއި މާރިޗް އަދި އެޕްރީލް މަހު އެވެ. 

މި އަހަރު ވަކި މަސްތަކުގައި ބާޒާރުގެ އަގުތައް

  • ޖެނުއަރީ - 0.17 ޕަސެންޓް ދަށްވެފައި
  • ފެބްރުއަރީ - 0.45 ޕަސެންޓު އުފުލިފަ
  • މާރިޗު - 0.89 ޕަސެންޓް ދަށްވެފައި
  • އެޕްރީލް - 0.76 ޕަސެންޓް ދަށްވެފައި
  • މެއި - 1.51 ޕަސެންޓް ދަށްވެފައި
  • ޖޫން - 0.73 ޕަސެންޓް އުފުލިފަ
  • ޖުލައި - 0.10 ޕަސެންޓް އުފުލިފަ
  • އޮގަސްޓް - 0.19 ޕަސެންޓް އުފުލިފަ
  • ސެޕްޓެމްބަރު - 0.16 ޕަސެންޓް އުފުލިގަ

ސީޕީއައި ނަގާ ގޮތް

ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީ އަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

އަންނަ އަހަރު އަގުތައް އުފުލުން ގާތް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މުދަލާއި ހިދުމަތްތަކުގެ އަގު (އިންފްލޭޝަން) އުފުލޭނެކަމަށް ލަފާކޮށްފައިވާ މިންވަރަށްވުރެ ބޮޑަށް އިންފުލޭޝަން މަތިވެދާނެ ކަމުގައި މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލަފާކޮށްފަ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންދާޒާކުރާ ގޮތުގައި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަންނަ އަހަރު އޭޕްރީލު މަހުގައި ތަންފީޒުކުރުމުން މި އަހަރު 0.8 އިންސައްތާގައި ހުރި އިންފުލޭޝަން އަންނަ އަހަރު 3.9 އިންސައްތައަށް މަތިވާނެ އެވެ. ސަރުކާރުން ބުނެފައިވަނީ އިންފުލޭޝަން އެއަށްވުރެ ބޮޑަށް މަތިނުވާނެ ކަމަށް ބަލާފައިވަނީ މާލީ އިސްލާހުތަކާއެކު ސަރުކާރުން ރައްޔިތުންނަށް ސީދާ ފޯރުކޮށްދޭ އެހީތެރިކަމާއި ދުނިޔޭގެ ބާޒާރުގައި މިހާރު މުދަލާއި ހިދުމަތުގެ އަގުތައް ހުރި ގޮތަށް ރިއާޔަތްކޮށެވެ. ނަމަވެސް ވޯލްޑު ބޭންކުން ލަފާކުރި ގޮތުގައި އަންނަ އަހަރު މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމުން އިންފުލޭޝަން ރޭޓު ފަސް އިންސައްތައަށްވުރެ މަތިވާނެ އެވެ. ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް މަރުކަޒީ ބޭންކުން ދިން ލަފާގައި ފާހަގަކޮށްފައިވަނީ އާމްދަނީ އިތުރުކުރުމަށާއި ހަރަދު ކުޑަކުރުމަށް ތަންފީޒުކުރަން ނިންމާފައިވާ ކަންކަން ތަންފީޒުކުރަން ފެށުމުން އެވެރެޖު އިންފުލޭޝަން ރޭޓު 3.9 އިންސައްތައަށްވުރެ މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.