އީފާސް އިން އޮންލައިން ފޭސްވެރިފިކޭޝަންގެ ހިދުމަތް އަލުން ފަށައިފި

މިވަގުތު މި ހިދުމަތް ލިބޭނީ އިފާސް ވެބް މެދުވެރިކޮށެވެ. އަދި އާންމުކޮށް ބޭނުންކުރާ ހުރިހާ ބްރައުޒާތަކުން އީފާހަށް ލޮގިންކޮށް މި ހިދުމަތް ލިބޭނެ ކަމަށް އެންސީއައިޓީ އިން ބުންޏެވެ.

01 Dec 2024, 14:07

ނެޝަނަލް ޑިޖިޓަލް އައިޑެންޓިޓީ އީފާސް އިން އޮންލައިން ފޭސްވެރިފިކޭޝަންގެ ހިދުމަތް އަލުން ފަށައިފި އެވެ.

އެންސީއައީޓީން ބުނީ އެ އިދާރާ އިން ތަރައްގީކޮށް ބަލަހައްޓަމުންދާ އީފާސް ނިޒާމުގައި ބޭނުންކުރަމުންދާ އޮންލައިންކޮށް މޫނު ދެނެގަންނަ -- ފޭސް ވެރިފިކޭޝަން ހިދުމަތް ދިނުމަށް ކުރިން ހަވާލުކޮށްފައިވާ ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޑް ލިމިޓެޑް (ސަމްސަބް) ކުންފުނިން އެ މަސައްކަތް ވަކިކޮށް އައު ވެންޑާއަކާއި މަސައްކަތް ހަވާލު ކުރުމަށް ފަހު އަލުން އޮންލައިން ފޭސް ވެރިފިކޭޝަންގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

މިވަގުތު މި ހިދުމަތް ލިބޭނީ އިފާސް ވެބް މެދުވެރިކޮށެވެ. އަދި އާންމުކޮށް ބޭނުންކުރާ ހުރިހާ ބްރައުޒާތަކުން އީފާހަށް ލޮގިންކޮށް މި ހިދުމަތް ލިބޭނެ ކަމަށް އެންސީއައިޓީ އިން ބުންޏެވެ.

ފޭސް ވެރިފިކޭޝަން ހެދުމަށް މިހާރު ބޭނުން ކުރަމުން ދަނީ ލެޓްވިއާ ގައި ރަޖިސްޓަރީ ކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ކުންފުނީގެ އެޕްލިކޭޝަންއެއް ބޭނުން ކޮށްގެނެވެ. އަދި މިކަން ހިގާނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެނޫންވެސް އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާއި ނުލައި އެންސީއައިޓީގެ އެތެރޭގައި ކަމަށް ވެސް ބުންޏެވެ.

ރެގިއުލާ ފޮރެންސިކްސް އަކީ 30 އަހަރުގެ ތަޖުރިބާއާއި އެކު ސެކިއުރިޓީގެ ދާއިރާއިން ގިނަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދޭ ގާބިލް އަދި ބައިނަލްއަގްވާމީ ބޮޑެތި ކުންފުނިތަކާއި ތަފާތު އެކި ގައުމުތަކަށްވެސް ހިދުމަތް ދެމުންދާ އިތުބާރު ހުރި ކުންފުންޏެކެވެ.

އީފާހުގެ މުހިންމު އެއް ބޭނުމަކީ ދައުލަތުން ފޯރުކޮށްދޭ ޑިޖިޓަލް ހިދްމަތްތައް ފޯރުކޮށްދިނުމުގައި އެ ހިދުމަތް ދެވެނީ ހިދުމަތަށް އެދޭ އަސްލު ފަރާތައްކަން ކަށަވަރު ކުރުމެވެ. މީގެ ބޭނުމަކަށް ވަނީ އެހެން މީހުންގެ އައިޑެންޓިޓީ ވަގަށް ނަގައި އޮޅުވާލައިގެން މުއާމަލާތްތައް ހިންގުމުގެ ފުރުސަތު ހަނިކުރުމެވެ.

އޮންލައިން ފޭސްވެރިފިކޭޝަންގެ ހިދުމަތް ތައާރަފު ކުރުމުގެ ކުރިން އީފާހުގެ ވެރިފަރާތް ކަށަވަރު ކުރަމުން އައީ އެކަމަށް ހާއްސަ ކުރެވިފައިވާ މަރުކަޒުތަކަށް އެ ފަރާތްތަކުން ހާޒިރުވެ ނުވަތަ ވީޑީއޯ ކޯލް ކޮށްގެން ބެލުމަށްފަހު އެމައުލޫމާތު މެނުއަލްކޮށް އަޕްޑޭޓް ކޮށްގެނެވެ. ނަމަވެސް 2023 ގައި އޮންލައިން ފޭސް ވެރިފިކޭޝަން ތައާރަފު ކުރުމުން އިފާސް ބޭނުންކުރާ ފަރާތަށް ކޮންމެ ތާކު ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއި އެކު ފޭސްވެރިފިކޭޝަން ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.