ތިނަދޫއަށް ދީފައި އޮތް "ސިޓީ"ގެ ދަރަޖައިގެ މައްސަލަ މަޖިލީހަށް

އޭނާ ނިސްބަތްވާ ދާއިރާގެ ގިނަ މެންބަރުން ބަލަން އެދޭ ކަންކަން ކަމުން މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއަކުން ނުވަތަ ކޮމިޓީތަކަކުން އެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިފަ އެވެ.

ތިނަދޫ ދާއިރާގެ މަޖިލީސް މެންބަރު ސައުދުﷲ ހިލްމީ، ރައީސް މުއިއްޒުއާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ގދ. ތިނަދޫގައި 10،000 މީހުންގެ އާބާދީ ހަމަނުވަނިސް "ސިޓީ" އެއްގެ ދަރަޖަ ދީފައިވާތީ، ހައިކޯޓަށް ދުއްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެކަމާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށައަޅައިފި އެވެ.

މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި މުހިންމު ދެތީން ކަަމެެއް ފާހަގަ ކުރައްވާފަ އެވެ.

އެއް ކަމަކަށް ފާހަގަ ކުރެއްވީ އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނާ ހިލާފު އެތައް ކަމެއް ހިންގި ކަމަށް ކުރެވޭ ތުހުމަތެވެ. ހާއްސަކޮށް މޭޔަރު ސައުދު އަލީއަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވާފައިވެ އެވެ.

އެއީ އޭނާ ނިސްބަތްވާ ދާއިރާގެ ގިނަ މެންބަރުން ބަލަން އެދޭ ކަންކަން ކަމުން މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއަކުން ނުވަތަ ކޮމިޓީތަކަކުން އެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިފަ އެވެ.

ތިނަދޫ އަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާ ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ.

އޭނާ މި މައްސަލަ ރައްދުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ރާގިބު ހުށަހަޅުއްވާފައިވާ މައްސަލައިގައި ބަޔާންކޮށްފައި ވަނީ، ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ އެރަށު ކައުންސިލުން ދީފައިވާ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން، ތިނަދޫ ކައުންސިލް އިދާރާއިން، އެރަށު އާބާދީގެ ރަސްމީ އަދަދުގެ ހިއްސާކޮށްފައި ވަނީ އޮޅުވާލައިގެން ކަމަށެވެ.

ކައުންސިލް އިދާރާއިން ހިއްސާކުރި ލިސްޓުގައި، އެރަށުގެ އާބާދީއަކީ 10،150 މީހުން ކަމަށް ބުނެފައިވާއިރު، އެކެއްގެ ނަމުގައި އެއް އައިޑީކާޑު ނަންބަރަށްވުރެ ގިނަ ނަންބަރު ބޭނުންކޮށްފައިވާ ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކެއްގެ ނަން އެއްފަހަރަށްވުރެ ގިނަ ފަހަރު އެ ލިސްޓުގައިވާ ކަމަށާއި، އެވަގުތު މަރުވެފައިވާ 115 މީހުންގެ ނަން ލިސްޓުގައި ހިމަނާފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން ވެސް ލިސްޓުގައި އޮޅުންއަރާފަދަ އެތައް ކަމެއް ހުރި ކަމަށް ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.