ގައުމީ ބޭންކަށް ހަރުދަނާ ބަދަލެއް | ޑެޕިއުޓީ ސީއީއޯ އާއީ ސީއޯއޯގެ މަގާމަށް ސަހާ

ބީއެމްއެލް އިން ވަނީ ސީނިޔަ މެނޭޖުމަންޓަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ސީއޯއޯގެ މަގާމަށް އައްޔަން ކުރެއްވި ސަހާއަކީ ބޭންކުގެ މުހިންމު ހިދުމަތްތެެރިއެކެވެ.

ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަށް ސަހާ ވަހީދު

ގައުމީ ބޭންކުގެ ލީޑާޝިޕް އޮނިގަނޑަށް މުހިންމު ބަދަލު ތަކެއް ގެނެސް، ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަށް ސަހާ ވަޙީދު އައްޔަންކޮށްފި އެވެ.

މި މަގާމުގެ މަސްއޫލިއްޔަތާއެކު ބޭންކިން އޮޕަރޭޝަންސް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒާއި ހިއުމަން ރިސޯސަސް އަދި އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮޕަޓީސްގެ އިތުރުން ބޭންކުގެ ޕްރޮކިއުމަންޓް ބަލަހައްޓަވާނީ ސަހާ އެވެ.

ސަހާ ކޮން ބޭފުޅެއް ؟ - ބޭންކިން ދާއިރާގައި 18 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ސަހާ ވަނީ ބޭންކުގައި މުހިންމު މަގާމު ތަކެއް ފުރުއްވާފަ އެވެ. މީގެ ތެރޭގައި ހެޑް އޮފް ސްޓްރެޓެޖިކް ޕްލޭނިން އެންޑް ޗޭންޖް މެނޭޖްމަންޓްގެ އިތުރުން އެންމެ ފަހުން އަދާކުރެއްވި ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ. ސަހާ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސް އިން އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ބެޗްލާ އޮފް ސައިންސް ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި މީގެ އިތުރުން ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓާ އޮފް ލޯސް (އެލްއެލްއެމް) ހާސިލްކުރައްވާފައިވެ އެވެ. ސަހާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްއިން ޗާޓަޑް ބޭންކާ ޕްރޮފެޝަނަލް ކޮލިފިކޭޝަންވެސް ހާސިލުކުރައްވާފަ އެވެ.

ބޭންކުގެ ދިގު މުއްދަތުގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ އެއްގޮތަށް ބޭންކުގެ ހިންގުމުގެ އޮނިގަނޑު ބައްޓަންކުރުމަށްޓަކައި ބޭންކުން މިއަދު އައު އެގްޒެކެޓިވް މެނޭޖްމަންޓް ޓީމެއް ވެސް އިޢުލާނުކޮށްފައިވެ އެވެ. ޗީފް ފައިނޭންޝަލް އޮފިސަރު ނަންދަނަ ސެނެވިރަތުނެ އަދި ޗީފް ރިސްކް އޮފިސަރު ގެރީ ލޯޓަންގެ އިތުރުން އަންނަނިވި މަގާމުތަކަށް އިތުރު ބޭފުޅުން ވަނީ އައްޔަންކޮށްފަ އެވެ.

މަގާމް ތަކަށް އައްޔަން ކުރެއްވި ބޭފުޅުން

  •  އަދުލީ އަހުމަދު ދީދީ - ޗީފް ޓެކްނޮލޮޖީ އޮފިސަރު، ބޭންކުގެ ޓެކްނޮލޮޖީ ސްޓްރެޓެޖީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބެލެހެއްޓުން
  •  މޫސާ ނިމާލް - ޗީފް ބިޒްނަސް އޮފިސަރު، ކޯޕަރޭޓް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ބޭންކިން ހިދުމަތްތައް ބެލެހެއްޓުން
  •  ރަޝްފާ ޖައުފަރު - ޗީފް ކްރެޑިޓް އޮފިސަރު، ކްރެޑިޓް ރިސްކް މެނޭޖްމަންޓް، ރިކަވަރީސް އަދި ކްރެޑިޓް އެޑްމިނިސްޓްރޭޝަން ބެލެހެއްޓުން
  •  އައިޝަތު ޒަމްރާ ޒާހިރު - ޗީފް މާކެޓިން އޮފިސަރު، މާކެޓިން އާއި ކަސްޓަމަރު ސާވިސަސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ބެލެހެއްޓުން
  •  ހަސަން ކަލާމް - ޗީފް އިސްލާމިކް ބޭންކިންގ އޮފިސަރު، ބީއެމްއެލް އިސްލާމިކްގެ ދަށުން ހިދުމަތްދޭ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ބޭންކިން ހިދުމަތްތައް ބެލެހެއްޓުން

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި މުހިންމު ލީޑާޝިޕް މަގާމުތަކަށް ދިވެހިން އައްޔަންކުރެވެގިންދިޔަ ކަމީ ތައުލީމީ ގާބިލު ދިވެހިން ބިނާކުރުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ދޭނެ ކަމަށެވެ.

"މިއިން ކޮންމެ ބޭފުޅަކީވެސް އެބޭފުޅެއްގެ ދާއިރާގައި ނަމޫނާ ތަޖުރިބާކާރުން؛ އަދި އެބޭފުޅުން ސާބިތުކޮށްދެއްވާފައިވާ ގާބިލުކަމާއި ރާއްޖޭގެ ބޭންކިންގ ދާއިރާއާ ބެހޭ ގޮތުން ހޯއްދަވާފައިވާ ފުރިހަމަ މައުލޫމާތާއެކު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނާއި، ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިވުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ތަސައްވުރަށް ވާސިލުވުމަށް މަގު ފަހިވެގެން ދާނެ،" ޝަރީފު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.