ސްޓެލްކޯ ބޭނުންވަނީ މާލެއަކީ ޒީނަތްތެރި ސިޓީއަކަށް ހަދަން، އެ މަސައްކަތް ކުރާނެ: އެމްޑީ

"އަޅުގަނޑުމެން ދެކެން ބޭނުން މާލެއަކީ ޒީނަތްތެރި ރީތި ޗާލު މާލެ އަކަށް ވާން. މި ސިޓީއަށް ޒިޔާރަތް ކުރާ މީހުން ވެސް މާލެ އަކީ ޒީނަތްތެރި ތަނެކޭ ބުނަން ސްޓެލްކޯއިން އަބަދުވެސް ބޭނުންވޭ،"

ސްޓެލްކޯގެ މުވައްޒަފުން ހިންގާ "ޗާލު ވެށި – މަގޭ ޒިންމާ"ހަރަކާތް މިއަދު ރަސްމީކޮށް މިއަދު ވަނީ ފަށާފައި

ވެރިރަށް މާލެއަކީ ޒީނަތްތެރި ސިޓީއަކަށް ހަދަން ސްޓެލްކޯ އިން ބޭނުންވާ ކަމަށާ އެ މަސައްކަތް އަބަދުވެސް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރަމުން ގެންދާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން ވަނީ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ހިންގާ "ޗާލު ވެށި – މަގޭ ޒިންމާ"ހަރަކާތް މިއަދު ރަސްމީކޮށް ފަށާފަ އެވެ.

އެ ހަރަކާތް ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން އެމްޑީ ފަހުމީ ވިދާޅުވީ މާލެ އަކީ ހިތްފަސޭހަ ވަރަށް ޒީނަތްތެރި ސިޓީއެއްގެ ގޮތުގައި އޮންނަން އެދިވަޑައިގަންނަވާ ކަމަށެވެ. އެކަމަށް ހުރިހާ އެންމެންގެ އެހީތެރިކަަން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތު ގައި ސްޓެލްކޯ އިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެކެން ބޭނުން މާލެއަކީ ޒީނަތްތެރި ރީތި ޗާލު މާލެ އަކަށް ވާން. މި ސިޓީއަށް ޒިޔާރަތް ކުރާ މީހުން ވެސް މާލެ އަކީ ޒީނަތްތެރި ތަނެކޭ ބުނަން ސްޓެލްކޯއިން އަބަދުވެސް ބޭނުންވޭ،"

ސްޓެލްކޯގެ މުވައްޒަފުން ހިންގާ "ޗާލު ވެށި – މަގޭ ޒިންމާ"ހަރަކާތް މިއަދު ރަސްމީކޮށް މިއަދު ވަނީ ފަށާފައި

ފަހުމީ ވިދާޅުވީ ސިޓީގެ ސާފު ތާހިރުކަމާއި ޒީނަތްތެރިކަމާއި ގުޅިފައިވާ އެންމެ މައިގަނޑު ތަނަކީ މަގުތައް ކަމަށެވެ. މަގުތަކާއި ގޯޅިތަކާއި އިމާރާތްތަކާއި މަގުމަތީ ބެހެއްޓިފައިވާ ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ރީތިކޮށް ހުރުމަކީ ޒީނަތްތެރި ކަމާއި ގުޅިފައިވާ ކަންކަން ކަމަށެވެ.

އެ ކުންފުނިން މިއަދު ފެށި މަސައްކަތާއެކު ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ރީތިކޮށް ބެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަގުމަތީގައި ހުންނަ ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތަކުގައި އިޝްތިހާރު ހަރުކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެ ތަކެތި ފަހުން ވީދި، ހަލާކުވެ ދިއުމުން މަގުމަތީގެ ރީތިކަން ގެއްލެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.