މެކްއޯއެސް ވެންޗުރާ ދެން ލަހެއް ނުވާނެެ

އެޕަލް މެކްއޯއެސް އަކީ އެޕަލްގެ ޑިވައިސްތަކުގެ މެދުގައި ކޮށިއެރުމެއް ނެތި ބޭނުން ކުރެވޭ ޖެހޭ ކޯޑް އިންޖީކަށް ވާން ޖެހެ އެވެ. މެކް ހާޑްވެއާ، އައިޕެޑް އަދި އައިފޯން އިންޓަގްރޭޝަން ހީވެސް ނުވާހާ އޮމާން ވާން ޖެހެ އެވެ. އަދި އެޕަލް އެޕްލިކޭޝަންތައް ހުއްޓުމެއް ހެދި އެއް އެޕްލިކޭޝަން އަނެއް އެޕްލިކޭޝަނާ ލާމެހެން ޖެހެ އެވެ.

މެކްއޯއެސް ވެންޗުރާ ލަސްވީ ބޭނުންކުރާ މީހުންނަށް ދަތިވެދާނެ ފީޗާއެއް ރަނގަޅު ކުރަން ހަދައިގެން

މެކްއޯއެސް ވެންޗުރާ ދެން އިތުރަށް ލަސް ނުވެ ވަފާތެރިންނަށް ލިބޭވަރު ވާނެ ކަމަށް އެޕަލްއިން ބުނެފި އެވެ. އެޕަލުން މިހެން ބުނިއިރު މިހާރު ވެސް ވަނީ ކުރިން ބުނި ތާރީޚަށް ވުރެ މަހަކަށް ވުރެ ގިނަ ދުވަސްވެފަ އެވެ.

އެޕަލުން މިހާރު ބުނަނީ މެކްއޯއެސް ވެންޗުރާ އަށް އޮތް ތާރީޚަކީ އޮކްޓޯބަރު 24، ހޯމަ ދުވަސް ކަމަށެވެ. ބެލެވޭ ގޮތުގައި މިކަމަށް ވެސް އެޕަލުން ބޮޑު ހަފުލާއެއް ބާއްވާނެ އެވެ.

ވެންޗުރާގެ ޕްރިވިއުތައް އެޕަލުން ވަނީ މީގެ ކުރިން ރިލީޒް ކޮށްފަ އެވެ. ބަގެއް އުޅޭތޯ ބެލުމަށާއި ސަޕޯޓަރުން އެއަށް ލަންބާލުމުގެ ބޭނުމުގަ އެވެ. އާންމު ހާލަތްތަކުގައި ސޮފްޓްވެއާ ޕްރިވިއުތަކަކީ މާކެޓިންގް ސްޓަންޓްތަކެކެވެ.

އެޕަލުން ބުނާ ގޮތުން ވެންޗުރާގެ މޮޅު ކަމަކީ މެކްއޯއެސްއިން ކުރިން ކުރި ހުރިހާ ކަމެއް -- ކުރިއަށް ވުރެ ފަސޭހަވުމާއި އަވަސްވުމެވެ. ޖުމުލަ ގޮތެއްގައި މަސައްކަތްތައް އަވަސްވުމެވެ.

އެޕަލްގެ މެކް ކޮމްޕިއުޓަރުތަކަށް ޚާއްސަ މެކްއޯއެސް ޒަމާނީ ކުރުމުގައި އޮތް އަނެއް ބޭނުމަކީ އެޕަލްގެ ހާޑްވެެއާތަކުގެ މެދުގައި -- އައިޕެޑް، އައިފޯން ފަދަ ޑިވައިސްތައް ވެސް ކުކުރާލުމެއް ނެތި އެއްޑިވައިސް އަނެއް ޑިވައިސްއާ ގުޅުވާލުމެވެ.

އެޕަލުން ބުނާ ގޮތުން މެކް އެޕްލިކޭޝަންތައް ވެންޗުރާ މެދުވެރިކޮށް ގުޅުވާލުމުގައި ބޭނުންކުރާ މީހުންނަށް އެއްވެސް ދަތިކަމެއް ނޯންނާނެ އެވެ. އެޕްލިކޭޝަންތައްކުގެ ލައިބްރަރިތައް އޮޕަރޭޓިން ސިސްޓަމްގެ ލައިބްރައީއާ ގުޅި ލާމެހިގެން މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންުފުނިން ބުނެ އެވެ.

އެޕަލުން ބުނީ ވެންޗުރާ ލޯންޗްކުރުން ލަސްވީ ވެސް އޯއެސް ބޭނުންކުރާ މީހުންނަށް ދަތިކަމެއް ދިމާވެދާނެ ކަމަށް ބެލެވުމުން ކަމަށެވެ. އަދި ބުނީ ފެންނަން ހުރި ހުރިހާ ދަތިކަމެއް ހައްލުކޮށް ފައްކާކޮށްފައިވާ ކަމަށެވެ.

އާންމު ހަލަތުގައި ޑިވައިސްތަކުގެ މެދުގައި އާ އޮޕަރޭޓިން ސިސްޓަމެއް ބޭނުންކުރެވެން ފަށާއިރު ކުދިކުދި ބަގްތައް ފެންމަތިވެ އެވެ. އެޕަލް ބުނީ އެއީ އެއް އޮޕަރޭޓިން ސިސްޓަމެއް ތަފާތު ފެންވަރުގެ ހާޑްވެއާގައި ބޭނުންކުރަން ފަށާއިރު އާންމުކޮށް ދިމާވާ މައްސަލައެއް ކަމަށެވެ.

އެހެން ނަމަވެސް ފޯރަމްތަކުގައި އެވާހަކަތައް ދައްކަން ފެށުމާ އެކު އެޕަލުން އެކަމެއް ރަނގަޅުކޮށް އަޕްޑޭޓްތައް ދޫކޮށްލަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.