"ފޮރިން އެކްސްޗޭންޖު ގާނޫނެއް ނެތީމަ މަރުކަޒީ ބޭންކުގެ އޮތީ އަތް ބަނދެވިފަ"

ގަވަނަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި ފޮރިން އެކްސްޗޭންޖު ގަވައިދު ބަދަލު ކުރުމުގެ މަސައްކަތް ފުރަތަމަ ފެއްޓެނީ ރައީސް ނަޝީދު އެވެ. އަދި އޭގެފަހުން އައި ކޮންމެ ވެރިއަކުވެސް މިކަން ކުރަން ބޭނުންވިނަމަވެސް އޮތީ ނުކުރެވި އެވެ.

އައިއެމްއެގްގެ ބައްދަލުވުމެއްގައި ގަވަރުނަރު މުހައްވަރު ވާހަކަ ދައްކަވަނީ -- އައިއެމްއެފް

ރާއްޖޭގައި މިހާތަނަށް ފޮރިން އެކްސްޗޭންޖު ގާނޫނެއް ނެތުމުން މަރުކަޒީ ބޭންކުގެ އަތް މިހާތަނަށް އޮތީ ބަނދެވިފައި ކަމަށާ، އެހެންވެ މި ޒަމާނުގައި މިފަދަ ގާނޫނެއް މުހިންމު ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތާރީހުގައި ހަދާ ފުރަތަމަ ފޮރެސްކްސް ލޯއާގެ ބިލާ ބެހޭ ގޮތުން ގަވަރުނަރު މުނައްވަރު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ޕްރައިސް ސްޜެބިލިޓީ ހިފެހެއްޓުން ކަމަށާ މިކަމަށް ފޮރިން އެކްސްޗޭންޖު ހިފެހެއްޓުމަށް ގާނޫނެއް މުހިންމުވާ ކަމަށެވެ.

"ފޮރިން އެކްސްޗޭންޖުގައި ރާއްޖޭގައި ބޭނުން ކުރަނީ ފިކްސް އެންސްޗޭންޖު ރެޖީމް. މިއޮތްހާ ދުވަގު އެމްއެމްއޭގެ އިންޓަވެންޝަން ފޮލިސީ މި އޮންނަނީ ސަރުކާރުގެ ފައިނޭންސިންއަށް ޑިޕެންޑް ވެފައި. އެކަމަކު 30 އަހަރު ވެގެން ދިޔައިރުވެސް ރިޒާވް އެކްޓިވް ޕޮލިސީއެއް ނެތް. އެހެންވެ މި ކުރަނީ އެމްއެމްއޭ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ގޮތުން ރިޒާވް ބޮޑު ކުރުމުގެ މަސައްކަތް،" ކުރިން އެމްއެމްއޭގައި ވެސް ހިދުމަތް ކުރެއްވި މުނައްވަރު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ މަސައްކަތް ފެއްޓެނީ ރައީސް ނަޝީދު

ރައީސް ނަޝީދުއަށް މަރުހަބާ ދަންނަވަނީ

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަތަރު ބިލިއަން ޑޮލަރުގެ ޓޫރިޒަމް ސިނާއަތެއް އޮންނައިރު ރާއްޖޭގެ ރިޒާވް ކުޑަވުމަކީ ބޭރުގެ މާލީ އިދާރާތަކުން އަބަދު ވެސް ސުވާލު އުފައްދާ ކަމެކެވެ. އަދި ހާއްސަކޮށް ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރުން އިންތިހާ އަށް ދައްވެފައިވުމާއެކު ފައިސާ މާރުކުރަން ގާނޫނެއް ހެދުމުގެ ބޭނުމަކީ މިކަމަށް ހައްލެއް ގެނެސް ދިނުމެވެ.

"އަޅުގަނޑުމެންގެ އެއް ބޭނުމަކީ އިންފްލޯ ރަނގަޅު ކުރުން. ކޮވިޑް-19 ގެ ކުރީގައި ރިޒާވް ހުރި މިންވަރަކަށް ގެންދިއުން. އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށް ދިނުން،" މުނައްވަރު ވިދާޅުވި އެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވީ ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރެވޭނެ ނިޒާމެއް ގެނެވޭ ތޯ މިދިޔަ ހުރިހާ ސަރުކާރެއްގެ ވެރިން ވެސް ބޭނުންފުޅުވި އެވެ. އެކަމަކު މަސައްކަތް ފަށައި ވަކި ހިސާބަކުން ހުއްޓިގެން ދިޔަކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.

އެމްއެމްއޭގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި މުނައްވަރު ވިދާޅުވީ 1980 ވަނަ އަހަރު ހެދި ރާއްޖޭގެ ފޮރިން އެކްސްޗޭންޖު ގަވައިދު ބަދަލުކުރަން ރައީސް މުހައްމަދު ނަޝީދު އެންގެވި ކަމަށާ އެގޮތުން އެންމެ ފުރަތަމަ އެ މަސައްކަތް ފެއްޓެވީ ނަޝީދު އެވެ.

"މިއީ އަޅުގަނޑު އެކަނި ކުރާ މަސައްކަތެއް ނޫން. މިދިޔަ ތިން ގަވަރުނަރުން ވެސް މަސައްކަތް ކުރެއްވި. ރަައީސް ނަޝީދު ފުރަތަމަ އެމްއެމްއޭގެ ގަވައިދު އިސްލާހު ކުރަން އެނގެވި. އެކަމަށް ފުރަތަމަ ޕޭޕަރު އެކުލަވާލައި ލޯކަސް ކަރަންސީ ސެޓެލްމަންޓުގެ މަޝްވަރާ ކުރެވުނު،" މުނައްވަރު ވިދާޅުވި އެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރެވޭ ގޮތަށް ގާނޫނެއް ހެދުމަކީ ރާއްޖެއަށް ލާޒިމްކަމެއް ކަމަށާ މިކަމަކީ އެމްއެމްއޭގެ ގާނޫނުން އެ އޮތޯރިޓީއަށް ލާޒިމްކޮށްފައި އޮންނަ ކަމެއް ކަމަށެވެ. 

މަރުކަޒީ ބޭންކުން މިހާރު އެކުލަވާލާފައިވާ "ފޮރެކްސް ބިލް" ގައި ފައިސާ މާރު ކުރާ ގާނޫނުގެެ ބިލުގައިވާ ގޮތުން 500 ޑޮލަރު މާރުކުރަންޖެހޭ އެސްޓަބްލިޝްމެންޓުތަކަކީ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑުތަކާއި އެނޫންވެސް އެފަދަ ތަންތަން ކަމުގައި ކަނޑައަޅައި 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސް އަދި ސިޓީ ހޮޓާތަކާއ ޓޫރިސްޓު އުޅަނދުތައް 25 ޑޮލަރު މާރުކުރާ ކެޓަގަރީ އަށް ބަދަލުކުރުމެވެ. އެގޮތުން ބިލުގެ 13 ވަނަ މާއްދާގއި ބުނެފައިވަނީ ކެޓަގަރީ އޭ ޓުރިޒަމް އެސްޓަބްލިޝްމެންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން އެ މަހެއްގައި އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަށް ޖެހޭ މިންވަރު އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީކޮށްފއިވާ ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމުގަ އެވެ. މިއީ މިހާރު ވެސް ގަވާއިދު އޮތް ގޮތެވެ.

މާރުކުރަން ޖެހޭ ކެޓަގަރީތައް ކުރުކޮށް

  • ކެޓަގަރީ އޭ - ކެޓަގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް މިކެޓަގަރީގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ
  • ޤާނޫން ހިންގާ ތަންތަނެވެ.
  • ކެޓަގަރީ ބީ - މި ކެޓަގަރީގައި ހިމެނެނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކާ އ،ި ޓޫރިސްޓް
  • އުޅަނދުތެކެވެ.
  • ކެޓަގަރީ ސީ - ޓޫރިޒަމް ނޫން ޑޮލަރުން އާމްދަނީ ލިބޭ ތަންތަން

ފައިސާ މާރު ކުރަން ހަދާ ގާނޫނުގައި މާރުކުރުމާ ގުޅޭ ގޮތުން ތައާރަފުކޮށްފައިވަޏީ ތިން އިސްތިސްނާ ހާލަތެއް ދީފައިވެ އެވެ.

  • ގިނަވެގެން 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުން
  • އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން
  • ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް

އާއްމުންގެ ހިޔާލަށް ހުޅުވާލާފައިވާ ފައިސާ މާރު ކުރުމުގެ ބިލްގައި މާރުކުރަންޖެހޭ ރޭޓު މުރަޖައާކުރެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވެ އެވެ. އެއީ ބޭރު ފައިސާ އިން އަދާކުރަންޖެހޭ ޓެކުހެއް އޮތުމާއި މާލީ އިދާރާއަކަށް ބޭރު ފައިސާއިން އަދާކުރަންޖެހޭ ދަރަންޏެއް އޮތުމާއި ޝަރުއީ ކޯޓެއްގެ ހުކުމެއް ނުވަތަަ އާބިޓްރޭޝަން ފަދަ މައްސަލަ ބެލުމުގެ ނިޒާމަކުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ދައްކަންޖެހޭ އިލްތިމާޒެއް އޮތުމާއި، އެ އޮތޯރިޓީން ހުއްދަ ދޭ އެ ނޫންވެސް އިލްތިޒާމެއް އޮތުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.