އަނިޔާވެފައި އޮތް މީހާ މޫދުން ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާގެ އެއްވެސް ހަރަކާތެއް ނެތެވެ.
ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު މޫދުން އަނިޔާވެފައި އޮތް މީހުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އަނިޔާވެފައިވާ އެމީހާ ފެނުނީ ހޮސްޕިޓަލުގެ ބޭރު ތޮށި މޫދުން ކަމަށެވެ. އެ މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށެވެ. ސީނުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ހާދިސާގެ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.
އަނިޔާވެފައި އޮތް މީހާ މޫދުން ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާގެ އެއްވެސް ހަރަކާތެއް ނެތެވެ.
މީގެ ކުރިން މަގުމަތިން ވެސް އަނިޔާ ކޮށްފައިވާ ފިރިހެނަކު ވަނީ ފެނިފަ އެވެ. މިފަދަ މައްސަލަތައް ފަހަކަށް އައިސް ގިނަކަމުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.