މިދިޔަ އަހަރު 1.8 މިލިއަން ޓޫރިސްޓުން ހަމަވީ ޑިސެމްބަރު 20 ވަނަ ދުވަހު އެވެ. އެކަަމަކު މިދިޔަ އަހަރަށްވުރެެ އެއް މަސް ކުރިން މިވަނީ އެ ރެެކޯޑް މުގުރާލާފަ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން ހަމަކޮށް ހެދި ތާރީހީ ރެކޯޑާ މިދިޔަ އަހަަރަށްވުރެ އެއް މަސް އަވަސްކޮށް ހަމަކޮށްފި އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިޖަން ޓޫރިސްޓުން ހަމަވެފައިވަނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް މި އަހަރު އެ އަދަދު ހަމަވެފައި މިވަނީ އެއަށް ވުރެ އަވަހަށެވެ. ރާއްޖެ އަށް އިއްޔެ ނިޔަލަށް 1.8 މިލިއަން ޓޫރިސްޓުންގެ ނަމްބަރު ފަހަނަ އަލާފައިވާއިރު ރާއްޖޭގެ މި އަހަރުގެ ޓާކެޓަކީ ދެ މިލިއަން ޓޫރިސްޓުން ހަމަ ކުރުމެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ދެ މިލިއަން ޓޫރިސްޓުން ހަމަކުރަން ބާނީ ބޭނުންވަނީ 196,177 ޓޫރިސްޓުންނެވެ. މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 5،400 ޓޫރިސްޓުން އާދެ އެވެ. އެހެންވެ މިހާރުގެ އަންދާޒާއަކީ ދެ މިލިއަން ޓޫރިސްޓުން ހަމަވާނީ އަންނަ މަހުގެ މެދުތެރެއަށެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ މި އަހަރުގެ ޓޫރިޒަމް ޓާގެޓް ކަމަށްވާ ދެ މިލިއަން ޓޫރިސްޓުންނަށް އަންނަ އަހަރުގެ މެދުތެރޭ ހަމަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ އަންނަ އަހަރުގެ ޓާގެޓަކީ 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
މިހާރުގެ ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ޗައިނާ އިން 248,564 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި ދެވަނާގައި އޮތް ރަޝިއާ އިން އައިސްފައިވަނީ 202,136 ޓޫރިސްޓުންނެވެ. މި ހިސާބުތަކުން އެނގޭ ގޮތުގައި ރަޝިއާ އިން މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ އަށް ވުރެ މަތިވެފައިވުމަކީ ވެސް ރެކޯޑެކެވެ. މިހާތަނަށް ރާއްޖޭގެ ތާރީހުގައި ދެ ލައްކަ ޓޫރިސްޓުން ރަޝިއާ އިން ހަމަވެފައެއް ނެތެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އުންމީދީ ހުރިހާ މާކެޓުތަކެއްވެސް ފެންނަނީ ރަނގަޅުކޮށެވެ. މިހާތަނަށް ހަ ގައުމަކުން އައި މީހުންގެ އަދަދު އެއް ލައްކައަށް ވަނީ އިތުރުވެފަ އެވެ. އަދި އެމެރިކާއިން އައި ޓޫރިސްޓުންގެ އަދަދު 60,578 އަށް އިތުރުވުމަކީވެސް ތާރީހީ ރެކޯޑެކެވެ. ރާއްޖެއަށް އެންމެ އުންމީދީ މި މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.