"މިތިބީ ފަލަސްތީނާއެކު، އެކަމަކު ފުރަތަމަ ރާއްޖެ ސަލާމަތުން އޮންނަން ޖެހޭ"

ކާނަލް ނާޒިމް ވިދާޅުވީ މި އިޒްރާއިލް ޕާސްޕޯޓް މައްސަލައަކީ އަވަސް އަތުވާލައިގެން ނިންމަން ޖެހޭ މައްސަލައެއް ނޫނެވެ. އެކަމުގައި އެންމެންގެ ހިޔާލުވެސް ހޯދަން ޖެހެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް: ހައްޔަރުކުރިތާ އަށް އަހަރު ފުރުމާ ގުޅިގެން ވަނީ ނޫސްބަޔާނެއް ނެރެފައި

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުން ފަދަ މުޅި ދުނިޔޭގެ މަސްރަހާ ގުޅުންހުރި ކަމެއް ދިވެހިން ނިންމާއިރު ފުރަތަމަ ރާއްޖެ ސަލާމަތުން އޮންނަން ޖެހޭ ކަމަށް ދިވެހި އަސްކަރިއްޔާގައި ހިދުމަތް ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު ރިޓަޔަޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.  

އަސްކަރީ ދާއިރާ އިން ބޭރުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަސްކަރީ ތަޖުރިބާކާރެއް ކަމަށްވާ މޯލްޑިވްސް ނޭޝަނަޕް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް ވަނީ މަޖިލީހުގެ 241 ކޮމެޓީގައި އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ވަރަށް ސާފުކޮށް މިއަދު ވާހަކަ ދައްކަވާފަ އެވެ. 

ނާޒިމް ވިދާޅުވީ އެއްވެސް ގައުމެއްގެ ބަަޔަކު ރާއްޖެ އަށް ނާދެވޭ ގޮތަށް މުޅި ގައުމަށް "ޕާސްޕޯޓް ބޭން" ކުރުމަކީ އޭނާ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާ ހާއްސަކޮށް ރާއްޖޭގެ އިގްތިސޯދު އޮތްގޮތުން އަވަސް އަރުވާލައިގެން މިކަން ނިންމުން ބުއްދިވެރިވެސް ނޫން ކަމަށެވެ. 

"ކިތަންމެ ބާރަށް ވާހަކަ ދެއްކިޔަސް ރާއްޖޭގައި އޮތީ އެންމެ އިގްތިސޯދެއް. އެހެން އިގްތިސޯދެއް ނެތް. މަސްވެރިކަމަކީ އިގްތިސޯދެއްނޫން. އޮތީ ފަތުރުވެރިކަން، ފަތުރުވެރިކަމަށް އަސަރުކުރާނެ އެއްވެސް ކަމެއް ކުރާކަށް ނުވާނެ މިއަދަކު. އަޅުގަނޑުމެން ސަލާމަތުން ތިބެފަ އެހެންކަމެއް ކުރަންވާނީ. މިއީ އަވަސް އަރުވަލައިގެން ކުރަންވާނެ ކަމެއް ނޫން. ވަގުތު ދީގެން ކުރަންވާނީ މިކަން،" ނާޒިމް ވިދާޅުވި އެވެ. 

އިޒްރޭލް ޕާސްޕޯޓް މައްސަލަ - އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހަޅާފައިވަނީ އެމްޑީޕީގެ ވެރިކަމުގެ އެންމެފަހުގެ ދުވަހު ނޮވެބަރު 15 ވަނަ ދުވަހު އެވެ. ފުރިހަމަ މެޖޯރިޓީއެއް އޮތް އެމްޑީޕީގެ ހާރިޖީ ކޮމިޓީއިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން އެކަން އަންގާފަ އެވެ. މިގޮތަށް ނިންމީ އޭރު މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެންނެވެ. ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމީ އެ ސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރުގައި އެދުމަށެވެ. ނަމަވެސް އެ ނިންމުން އެގޮތުގައި އޮއްވައި މިހާރު ހިންގާ 20 ވަނަ މަޖިލީސް ހުވާކުރި ގޮތަށް މިދިޔަ އަހަރުގެ މެއި 30 ވަނަ ދުވަހު އެމްޑީޕީ މެންބަރު މެންބަރު މީކާއިލް ނަސީމް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގުރޭޝަން ގާނޫނު) ގެ އަށްވަނަ މާއްދާގެ ހ. ގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ. އަދި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރުމާ ގުޅޭ ކަމެއްގައި ކެބިނެޓުން ގޮތްތަކެއް ނިންމާފަ އެވެ. ކެބިނެޓުން ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަން ނިންމާފަ އެވެ. އޭގެފަހުން މި ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވާފަ އެވެ. އަދި މި މައްސަލާގައި ގޮތެއް ނިންމުން ލަސްވެ އަންނަ އަހަރުގެ ފެބްރުއަރީއަށް ފަސްކުރި އެވެ. ނަމަވެސް ފަހުން މަޖިލީހުގެ 241 ކޮމެޓީން ވަނީ މި މައްސަލަ އަވަސް ކުރަން ނިންމާފަ އެވެ. އަދި މިހާރު ވަނީ މި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން ދާއިރާތަކާ ގުޅުންހުރި ފަރާތްތަކުން ހިޔާލު ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.