މަޖިލީހުގެ 241 ކޮމެޓީން ވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމާ ބެހޭ ގޮތުން ގިނަ ފަރާތްތަކެއްގެ ހިޔާލު ހޯދަން ނިންމާފަ އެވެ.
އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމުން ޓޫރިޒަމަށް އަސަރު ކޮށްފާނެކަން ސާފުކުރަން ހޮޓެލް އެންޑް ގެސްޓްހައުސް ޖަމިއްޔާ (އެންއެޗްގޭމް) އާއި މަޓާޓޯ ކޮމެޓީ އަށް ހާޒިރު ކުރަން ހުށަހަޅައިފި އެވެ.
ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި ވަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމުގެ ނިންމުމުގެ ކުރިން އިތުރު މައުލޫމާތު ސާފު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފަ އެވެ. ގެސްޓްހައުސް އެސޯސިއޭޝަން ހާޒިރު ކުރަން ނިންމާފައިވަނީ މާދަމާ އެވެ. އަދި މަޓާޓޯއިން ހާޒިރުވާނީ ބުދަ ދުވަހު އެވެ.
މި މައްސަލާގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ 241 ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދަން ހުރިހާ ފަރާތްތަކަށް ސިޓީ ފޮނުވާފައިވާނެ ކަމަށާ ނަމަވެސް ޓޫރިޒަމް ވެރިންގެ ޖަމިއްޔާ މަޓީ އާއި އިނދިކޮޅު ޕާޓީ އެމްޑީޕީން މިކަމުގައި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި މައްސަލާގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ކޮމެޓީއަށް އިތުރު މައުލޫމާތު ސާފު ކުރަން ހުށަހަޅާފައި އެ ފަރާތްތަކުން މިކަމުގައި ދެކޭގޮތް ވަރަށް ސާފުކޮށް "ކަޅާއި ހުދުން" އެނގެން ޖެހޭ ކަމަށެވެ. އަދި މަޖިލީހުން ނިންމާ ނިންމުމަކީ އެނގިތިބެ ނިންމާ ނިންމުމަކަށްވާން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"އިޒްރޭލް ޕާސްޕޯޓުގައި މިހާރު އެތެރެވުމަށް އިސްތިސްނާއެއް ގެންނަން ބޭނުންނަމަ ގެންވިދާނެ ފަރާތްތަކީ ކޮބައިކަން އެބޭފުޅުން [ހިޔާލު ހޯދާ] ފަރާތްތަކުން ބުނަން ޖެހޭ. ރާއްޖޭގެ އިގްތިސޯދަށް ކުރާނެ އަސަރާ ބެހޭ ގޮތުން ކުރިމަތިވާނެ އިމްޕެކްޓަކީ ކޮބައި ތޯ؟ މީގެ އިމްޕެކްޓް އެސެސްމަންޓެއް ވެސް ހަދަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.