ސްޓެލްކޯއިން 8 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ކުރީ ސަރުކާރުގައި އެއްބަސްވުމެއް ހެދި

ސްޓެލްކޯއިން އަށް މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހެދި އެއްބަސްވުމާ ގުޅިގެން އޭސީސީގެ ލަފައަކަށް އެދިފައި އޮތުމުން ފައިސާ ނުދައްކާ އޮންނާތީ ކޮންމެ މަހަކު 2.5 ޕަސެންޓުގެ އިންޓަރެސްޓު އަރަމުންދާކަމަށް ނާޒިމު ވިދާޅުވި އެވެ.

ސްޓެލްކޯ އޭޖީއެމްގައި އެ ކުންފުނީގެ ބޯޑް

ކުރީ ސަރުކާރުގައި ކޮވިޑް-19އާ ގުޅުވައިގެން ކޮންޓްރެކްޓަރަކަށް އަށް މިލިއަން ޑޮލަރުގެ ބަދަލެއް ސްޓެލްކޯއިން ދިނުމަށް އެއްބަސްވުމެއް ހަދާފައިވާކަން ހާމަވެއްޖެ އެވެ. 

މި އެއްބަސްވުން ހަދާފައިވާކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ނައިބުރައީސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މަގާމުގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ މި އެއްބަސްވުމާމެދު ގޮތެއް ނިންމަން އޭސީސީއަށް ހުށަހަޅާފައި އޮންނަތާ ޒަމާންތަކެއް ވެއްޖެ ކަމަށެވެ. 

ނާޒިމް ފާހަގަކުރެއްވި ގޮތުގައި ފޯސް މަޖޫރޭ ނުވަތަ ގުދުރަތީ ކާރިސާއެއް ކުރިމަތިވުމަކީ ބޮޑެތި އަދަދުތަކުން ބަދަލު ދިނުމަށް އުޒުރެއްގެ ގޮތުގައި އެއްވެސް ގައުމެއްގައި ބޭނުންކުރާ ކަމެއް ނޫނެވެ. ނަމަވެސް ކޮވިޑް-19އަކީ އުޒުރެއްގެ ގޮތުގައި ބޭނުންކޮށް ސްޓެލްކޯއިން އެ ކުންފުނީގެ ކޮންޓްރެކްޓަރަކަށް އަށް މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް އެއްބަސްވުމެއް ހަދާފައިވާކަމަށް ނާޒިމު ވިދާޅުވި އެވެ. 

"ސްޓެލްކޯއިން އެބައޮތް އެތާނގެ ކޮންޓްރެކްޓަރަކަށް އަށް މިލިއަން ޑޮލަރު ދޭން ސެޓްލްމެންޓު އެގްރީމެންޓެއް ހަދާފަ.  ފޯސް މަޖޫރީގެ މާނަ ބޭނުންކޮށްގެން، ގުދުރަތީ ގޮތުން ދިމާވާ ބޮޑެތި ކާރިސާތައް ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްގެން ބަދަލު ދީފައެއް ނެތް. ނަމަވެސް ކޮވިޑުގެ ހާލަތަކީ ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްގެން އަށް މިލިއަން ޑޮލަރުގެ ބަދަލު ދިނުމެއް އެބައޮތް،" ނާޒިމް ވިދާޅުވި އެވެ. 

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް --

އޭސީސީގެ މަސައްކަތް ހިނގާ ދުވެލި ހަލުއިކުރުމަށްޓަކައި މިހާރު ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ މުހިއްމުކަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ ސްޓެލްކޯއިން ބަދަލުދިނުމުގެ މި މައްސަލައާ ގުޅިގެން އޭސީސީގެ ލަފައަކަށް އެ ކުންފުނިން އެދިފައިވީ ނަމަވެސް އެ ލަފާ އަދިވެސް ނުލިބޭ ކަމަށެވެ. 

އަދި ލަފާ ނުލިބޭތީ އެ ބަދަލު ދިނުމުގެ ކަންކަން އޮތީ ހުއްޓިފައި ކަމަށާއި، ފައިސާ ނުދޭ ކޮންމެ މަހަކު ޖޫރިމަނާ ކުރަމުންދާކަމަށް ނާޒިމު ވިދާޅުވި އެވެ. އެއްބަސްވެފައި އޮތީ އަށް މިލިއަން ޑޮލަރު ބަހާލައިގެން ކޮންމެ މަހަކު ދެ ލައްކަ ޑޮލަރުގެ މަގުން ދެއްކުމަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ފައިސާ ނުދައްކާ ކޮންމެ މަހަކު އެ ފައިސާގެ 2.5 އިންސައްތަ ޖޫރިމަނާގެ ގޮތުގައި އަރަމުންދާ ކަމަށެވެ. 

"އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ލަފައަކަށް އެދިފައި އެބައޮތް ސްޓެލްކޯއިން. އެންޓި ކޮރަޕްޝަން ކޮމިޝަނުން ސްޓެލްކޯއަށް ހަބަރެއް ނުވޭ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ފައިސާ ނުދައްކާ ކޮންމެ މަހަކަށް 2.5 ޕަސެންޓުގެ ޖޫރިމަނާ އަރަމުންދޭ. ހަމަޖައްސާފައި އޮތީ އަހަރުތަކަށް ބަހާލައިގެން ދެ ލައްކައެއްހައި ޑޮލަރު ކޮންމެ މަހަކު ދައްކަން. އެ ފައިސާ ނުދައްކާ އެންޓި ކޮރަޕްޝަން ކޮމިޝަނުން ގޮތެއް ނުނިންމާތީ،" ނާޒިމް ވިދާޅުވި އެވެ. 

ނިމުނު އެމްޑީޕީގެ ވެރިކަމުގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައިވެ އެވެ. އަދި ބައެއް ފަރާތްތަކަށް ދައުލަތުގެ ހަރުމުދާ ބަދަލުގެ ގޮތުގައި ދިނުމަށް އެއިރު ރައީސް އޮފީހުގައި އޮތް ސެޓްލްމެންޓު ކޮމިޓީން އެކުލަވައިލި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.