"ޕްރައިމަރީއެއް ނޯންނާނެ، 2028 ގެ ޕީއެންސީ ޓިކެޓް ރައީސް މުއިއްްޒަށް"

ރިޔާސީ ދެވަނަ ދައުރަކާމެދު ރައީސް މުއިއްޒު ވާހަކަ ނުދެއްކެވި ނަމަވެސް އެމަނިކުފާނުގެ އިސް ބޭފުޅުން، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ވާހަކަ ގެންދަވަނީ ދައްކަވަމުންނެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ރައީސް މުއިއްޒުއާ އެކު

ދެން އޮންނަ ރިޔާސީ އިންތިހާބަށް ޕީއެންސީން ރިޔާސީ ޕްރައިމަރީއެއް ނުބާއްވާނެ ކަމަށާ 2028 ގެ ރިޔާސީ އިންތިހާބަށް ޕާޓީގެ ޓިކެޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނެ ކަމަށް އެެ ޕާޓީން ބުނެފި އެވެ.

ޕީއެންސީގެ ފުރަތަމަ، އެތެރޭގެ އިންތިހާބަށް ފަހު މިރޭ އޮތް ނޫސްވެރީންގެ ބައްދަލްވުމުގަައި ޕާޓީގެ ޗެއާޕާސަން / ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕާޓީގެ ރިޔާސީ ޕްރައިމަރީއާ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމާމެދު އަމަލު ކުރާނެ ގޮތް އަސާސީ ގަވާއިދުގައި ސާފުކޮށް ލިޔެފައިވާ ކަމަށެވެ.

ވެރިކަމުގައި ހުންނެވީ ޕާޓީގެ މެންބަރެއްނަމަ އެ ބޭފުޅަކަށް ޕްރައިމަރީއެއް ނެތި ދެވަނަ ދައުރަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށާ އެއީ އަސާސީ ގަވާއިދުގައި އެކަން އޮތްގޮތް ކަމަށް ވިދާޅުވި އެވެ. އުސޫލުން ދެން އޮންނަ ރިޔާސީ އިންތިހާބަށް ޕީއެންސީން ރިޔާސީ ޕްރައިމަރީއެއް ނުބާއްވާނެ ކަމަށް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބަށް ޕާޓީގެ ޓިކެޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ [ޕީއެންސީގެ] އަސާސީ ގަވާއިދު ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު އެ މަގާމުގަ ހުންނަވާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވަންޏާ ރިޔާސީ ޕްރައިމަރީ އަކާ ނުލާ އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް،"

ރިޔާސީ ދެވަނަ ދައުރަކާމެދު ރައީސް މުއިއްޒު ވާހަކަ ނުދެއްކެވި ނަމަވެސް އެމަނިކުފާނުގެ އިސް ބޭފުޅުން، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ވާހަކަ ގެންދަވަނީ ދައްކަވަމުންނެވެ. އެއީ ރައީސްގެ ވިސްނުންފުޅަށް އެ ބޭފުޅުން ދައްކަވާ ވާހަކައެއް ކަމަށް ބެލެވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގައި ރައީސް އަބްދުﷲ ޔާމީން ވެސް ވާދަ ކުރައްވާނެ ކަމަަށް ވިދާޅުވެފަ އެވެ. އިދިކޮޅު އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ވަރަށް ބޮޑު ވާދައެއް އެބަ އޮތެވެ. އެންމެ ބޮޑު ދެ ވާދަވެރީންނަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު / އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި ކުރީގެ ފޮރިން މިނިސްޓަރު / އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ. ނަމަވެސް ރިޔާސީ ރޭހާ ދުރަށް ވަޑައިގެން ހުންނެވި ކަމަކަށް ޕާޓީގެ މުޝްތަޝާރު / ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅެއް ނުވެ އެވެ.

ވަރަށް ބޮޑަށް ބެލެވެނީ 2028 ގެ އިންތިހާބު ގައިވެސް އެމްޑީީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނީ ރައީސް ސޯލިހް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.