މި އިސްލާހު ގާނޫނު އަސާސީއެއް ހުށަހެޅިއިރު އެންޓި ޑިފެކްޝަން ގާނޫނުގެ ބައެއް މާއްދާ ބާތިލް ކުރަން ވަނީ އަމިއްލަ ފަރާތަކުން ވަނީ ކޯޓަށް މައްސަލައެއް ވައްދާފަ އެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށައަޅާ ބިލް މަޖިލީހަށް ހުށަހަޅައިފި ބަހުސް ފަށައިިފި އެވެ.
ސަރުކާރުގެ ފަރާތުން ޖަލްސާގެ އެޖެންޑާގައި އޮތީ ދެ ތީން ކަމެކެވެ. މަޖިލީހަށް ތައާރަފު ކުރާ ބިލުގެ ބައިގައި ވަނީ ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށައަޅާ ބިލެވެ. އެ ބިލް މަޖިލީހަށް ހުށައަޅަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މީގެ ކުރީން ބިލް ތައާރަފު ކުރުމާއި އިބްތިދާއީ ބަހުސް ފެށުން އޮންނަނީ އާންމުކޮށް ދެ ދުވަހަކަށް ތާވަލަށް ލައިފަ އެވެ.
މަޖިލީހުގެ މެންބަރުން ގަނެވިއްކުން ހުއްޓުވުމުގެ މަގުސަދުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހަށް އެ ޕާޓީން ހުށަހަޅައިގެން ފާސްކުރި ބިލު ރައިސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ފާއިތުވި އޭޕްރީލު މަހުގަ އެވެ. އެމްޑީޕީން ފުރަތަމަަ ބިލު ހުށަހަޅާފައި އޮތީ މަޖިލިސް މެންބަރަކު ޕާޓީ ބަދަލުކުރުމުން އޭގެ ޒާތުގައި ގޮނޑި ގެއްލޭ ގޮތަށެވެ. ނަމަވެސް ފަހުން އެ ޕާޓީންވަނީ އެ މާއްދާ ބަދަލުކޮށް އެ ހާލަތުގައި އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އިސްލާހުކޮށްފަ އެވެ.
މުހައްމަދު އަނީސް ނަމަކަށް ކިޔާ އަމިއްލަ ފަރާތަކުން މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ގާނޫނުގެ ބަައެއް މާއްދާތައް ބާތިލުކުރަން އެދުނު ނަމަވެސް ބާތިލުކުރަން އެދުނު މާއްދާތަކަކީ ކޮބައިކަން ހައިކޯޓުން ހާމަނުކުރެ އެވެ. އެންޓި ޑިފެކްޝަން ގާނޫނު މިހާރު އޮތް ގޮތުން ތިން ހާލަތެއްގައި މަޖިލިސް މެންބަރުން އަމިއްލައަށް އިސްތިއުފާދެއްވަންޖެހެ އެވެ. އެ ބިލްގައިވާ ގޮތުން ؛
އެ ތިން ހާލަތު ބަޔާންކޮށް ގާނޫނުގައި ބުނެފައިވަނީ މިއިން ކޮންމެ ހާލަތެއްގައިމެ މެންބަރުކަމުން އިސްތިއުފާދޭންވާނެ ކަމަށެވެ. ނަމަވެސް އިސްތިއުފާނުދީފިނަމަ ދެންވާނެ ގޮތެއް އެޅޭނެ ފިޔަވަޅެއް އެ ގާނޫނުގައި ނެތެވެ.