ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ވިޔަފާރިވެރިޔާ މުހައްމަދު ހަލީލް އިކޮނޮމިކް ކައުންސިލަށް ވަނީ އައްޔަނު ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ވިޔަފާރިވެރިޔާ މުހައްމަދު ހަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަނު ކުރައްވައިފި އެވެ.
ރާއްޖޭގައި މަތީ ފަންތީގެ ހަތަރު ރިސޯޓު ހިންގާ ޕަލްސް މެނޭޖިން ޑިރެކްޓަރު ހަލީލް، އެ މަގާމަށް އިކޮނޮމިކް ކައުންސިލަށް އައްޔަނު ކުރައްވާފައި މިވަނީ އެ ކުންފުނީގެ އާމްދަނީން ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރެވެން ނެތްކަން މަރުކަޒީ ބޭންކު އެމްއެމްއޭއަށް އަންގާ ރައީސް މުއިއްޒުގެ ނިންމެވުމާ ދެކޮޅު ހައްދަވާފައި ވަނިކޮށެވެ.
ޕަލްސް ކުންފުނިން ހިންގާ ހަތަރު ރިސޯޓަކީ ނޮޓިލަސް މޯލްޑިވްސްއާއި، ކަނޑިންމަ މޯލްޑިވްސްއާއި ނޯވާ މޯލްޑިވްސް އަދި އެވެލަން މޯލްޑިވްސް އެވެ. ހަލީލު ފޮނުއްވި ސިޓީގައި އޭނާގެ ކުންފުނީގެ ރިސޯޓުތަކަށް ޑޮލަރު މާރުކުރަން ދަތިވާ ސަބަބުތައް ވަނީ ފާހަގަކޮށްފަ އެވެ. އެއީ؛
އޭނާ ވިދާޅުވެފައިވަނީ އެ ސަބަބުތައް އެހެން ހުރުމުން އެމްއެމްއޭގެ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރެވެން ނެތް ކަމަށެވެ. އަދި އެކަމަށް ރިއާޔަތްކޮށް އެމްއެމްއޭއިން އެ ގަވާއިދާމެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމުގައި އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ރައީސް ރޭ ވަނީ އެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ވަރަށް ސާފު އިބާރާތުން ވިދާޅުވެފަ އެވެ.