ވިދާޅުވީ އެއްވެސް ޕްރިންސިޕަލަކަށް އަދި ޓީޗަރަކަށް ނުހައްގު އަނިޔާއެއް ލިބިދާނެ ކަމަކަށް ޖާގައެއް ދެވިފައިނުވުމަކީ، ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އެއްވެސް ޕްރިންސިޕަލަކަށް އަދި ޓީޗަރަކަށް ނުހައްގު އަނިޔާއެއް ލިބިދާނެ ކަމަކަށް ޖާގައެއް ދެވިފައިނުވުމަކީ، ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އަހަރުވުމާއި ގުޅިގެން މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތައުލީމީ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުމުގެ ހިތްހަމަޖެހުން ލިބުމުގެ އުފާވެރިކަމާއެކު މިއަށްވުރެވެސް ކަންކަން ރަނގަޅުކުރުމުގެ އަޒުމު އާކުރައްވާ ކަމަށެވެ.
ފާއިތުވެ ދިޔަ އެއް އަހަރުގައި އެންމެ އިސްކަންދީފައި ވަނީ އެޑިޔުކޭޝަނަލް ގަވާނެންސް ހަރުދަނާ ކުރުމަށް ކަން ފާހަގަ ކުރައްވާ އިސްމާއީލް ވިދާޅުވީ ސިޔާސީ ވެރިން ސެކްޝަން އަދި ޑިޕާޓްމެންޓްތައް ހިންގެވުމުގެ ބަދަލުގައި ސިވިލް މުވައްޒަފުންނަށް ޕޮލިސީ ނިންމުންތަކާ އެއްގޮތަށް މަސައްކަތްކުރުމުގެ ފަހި މާހައުލެއްގާއިމުކޮށް ޒިންމާދާރު މަސައްކަތުގެ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތްފެށި ކުރިއެރުންތައް ހޯދުނު ކަމަށެވެ.
އަދި ވިދާޅުވީ އެއްވެސް ޕްރިންސިޕަލަކަށް އަދި ޓީޗަރަކަށް ނުހައްގު އަނިޔާއެއް ލިބިދާނެ ކަމަކަށް ޖާގައެއް ދެވިފައިނުވުމަކީ، ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ތައުލީމީ ދާއިރާގެ ޕޮލިސީތަކާއި ސްކޫލާއި ދަރިވަރުންނާއި ގުޅުންހުރި ކަންކަމުގައި ޕްރިންސިޕަލުންނާ އެކު ނުވަ ބައްދަލުވުން ބޭއްވި، އެންމެންގެ ބައިވެރިވުން އޮންނަ ގޮތަށް ޕޮލިސީތައް ފަރުމާކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓްރީގެ ފައިސާ އިސްރާފު ނުވާނޭ ގޮތަކަށް ހިންގުން ހަރުދަނާ ކުރުމަށް އިސްލާހީ ގިނަ ފިޔަވަޅުތައް އެޅިފައިވާ ކަމަށާ މުދައްރިސުންނަށް ލުއި ހޯދައިދިނުމާއި މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީފައިވާނެ ކަމަށެވެ. އެކަމުގައި ކުރަން ހުރި ކަންކަން އަދިވެސް ގިނަ ކަމަށް ވިދާޅުވި އެވެ.
"މީގެ އިތުރުންވެސް ގިނަ ކާމިޔާބީތަކެއް ހޯދިފައިވަނީ އިސްކޫލްތަކާއި ބެލެނިވެރިން އަދި މިނިސްޓްރީގެ އެންމެހާ ބޭފުޅުންގެ އެއްބާރުލެއްވުމާއެކުކަން ފާހަގޮށް ޝުކުރު ތަކުރާރުކޮށްލަން،" އިސްމާއީލް ވިދާޅުވި އެވެ.