ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް މެންބަރުން އައްޔަނު ކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް މެންބަރުން އައްޔަނު ކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 26ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަގާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް ވެސް ބުންޏެވެ.
މަގާމުގެ މުއްދަތު ހަމަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ކޮމިޝަނަރު އަލީ ޔޫސުފްގެ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ހުޅުވާލިއިރު އެ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލާ އާ ކޮމިޝަނެއް އުފެއްދުމަށް ވަނީ ބިލެއް ވެސް ހުށައަޅާފަ އެވެ. މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ހުށައަޅާފައިވާ ބިލެކެވެ. އޭނާ އަކީ އަމިއްލަ މެންބަރެކެވެ.
މި ބިލްގައި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތާއި މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތް އަދި ކޮމިޝަން އެކުލެވޭ ގޮތް ބަޔާން ކޮށްފައިވާ ގޮތުން މީޑިއާތަކާއި ނޫސްވެރީންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. ރައީސް މުއިއްޒު ވަނީ އެ ބިލަށް ތާއީދު ނުކުރާ ކަން ރޭ ހާމަ ކުރައްވާފަ އެެވެ.