ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސްއާ އައިސީޔޫއާ އެންއައިސީޔޫއާ ސީއެސްޑީ ހިދުމަތްތަކާއެކު އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހިދުމަތްދޭ ތަނަށް ވަނީ ބަދަލުވެފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތައާރަފްކުރެވޭ ހިދުމަތްތަކާ އެކު ޓާޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައި ދެއްވައިފި އެވެ.
މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލު ގައި އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އާއި އައިސީޔޫ އާއި އެންއައިސީޔޫ އަދި ސީއެސްޑީ ހިދުމަތްތަކާއެކު އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުއްވައި ދެއްވާފަ އެވެ.
މި ހިދުމަތްތަކާ އެކު ހޮސްޕިޓަލް ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އާއި އައިސީޔޫ އާއި އެންއައިސީޔޫ އަދި ސީއެސްޑީ ބައްލަވާލައްވާ އެތަންތަނުން ދޭ ހިދުމަތްތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި އޮޕަރޭޓިން ލައިސަންސް އެ ހޮސްޕިޓަލާ ހަވާލު ކުރައްވާފައިވެ އެވެ.