ދެކުނުގެ އެންމެ ބޮޑު ސިޓީގައި ފެން ހިންދުމުގެ ނިޒާމާއެކު މަގު ހެދުމުގެ މަސައްކަތް 1.1 ބިލިއަން ރުފިޔާ އިންޑިއާގެ އެފްކޮންސްއާ ހަވާލު ކުރީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ލޯނުގެ ތެރެއިންނެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިއަ މާޗް މަހު އެވެ.
ތިލަމާލެ ބްރިޖް އަޅައިދޭން ހަވާލު ވެގެން އޮތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއަށް ދީގެން ހިންގާ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ ފެންވަރު ދަށްކަމުގެ ޝަކުވާތައް ލިބެމުން ދާ ކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވުމާއެކު އައްޑޫން އެފްކޮންސް އަމާޒުކޮށް ޝަކުވާ އުފުލާއިފި އެވެ.
ސީނުގެ އެ މެންބަރު، ނިހާދު މިއަދު ޓްވީޓް ކުރައްވާ ވިދާޅުވީ އެފްކޮންސް އިން އައްޑޫގައި ހިންގާ މަގު ހެދުމުގެ މަސައްކަތުގެ ފެންވަރު ދަށް ކަމުގެ ޝަކުވާތައް އިންތިހާއަށް ބޮޑު ވެފައިވާ ކަމަށެވެ. އަދި އޭނާގެ ކުރެއްވި ޓްވީޓްގައި މިހެން ލިޔުއްވަ އެވެ:
"އެފްކޮންސް އިން އައްޑޫ ސިޓީގައި ހިންގާ ބިޔަ މަގު ހެދުމުގެ މަސައްކަތުގެ ކޮލިޓީ ދައްކަމުގެ ޝަކުވާ އިންތިހާއަށް ބޮޑު! އެތައް މިލިއަން ޑޮލަރެއްގެ މި މަސައްކަތް ގާތުން ބައްލަވައި ރަނގަޅު ކުރަން އާދޭސް ކުރަން"
ދެކުނުގެ އެންމެ ބޮޑު ސިޓީގައި ފެން ހިންދުމުގެ ނިޒާމާއެކު މަގު ހެދުމުގެ މަސައްކަތް 1.1 ބިލިއަން ރުފިޔާ އިންޑިއާގެ އެފްކޮންސްއާ ހަވާލު ކުރީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ލޯނުގެ ތެރެއިންނެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިއަ މާޗް މަހުގެ 27 ގައެވެ.
އެ ހިސާބުން ފެށިގެން ދޭތެރެ ދޭތެރެއިން މަގުތަކުގެ މަސައްކަތް ހިނގާ ގޮތާ ގުޅޭ ގޮތުން އައްޑު އަތޮޅުގެ ބައެއް މީހުން ޝަކުވާ ގެ ޓްވީޓްތައް ކުރެ އެވެ. ޝަކުވާތައް ކުރަމުން ދެ އެވެ.
މިއަދު ނިހާދު ކުރެއްވި ޓްވީޓާ ގުޅިގެން އެހެން ބައެއް ފަރާތްތަކުން ވެސް ހަމަ އެ ޝަކުވާތައް ޓްވިޓަރުގައި ލިޔާން ފަށާފަ އެެވެ. އަދި އެފަދަ ފަރާތްތަކާއެކު މެންބަރު ނިހާދު ވަނީ އިންޑިއާ ހައިކޮމިޝަން ޓެގްކޮށް އިތުރު ޓްވީޓެއް ކުރައްވާ އައްޑޫ ބަހުން ފާޑު ވިދާޅުވެފަ އެވެ. އޭގައި އޭނާ ލިޔުއްވަ އެވެ:
"އެފްކޮންސް ކުންފުނި ކިތަންމެ ބޮޑު ނަމަވެސް ރަނގަޅަށް ނުކުރާނަމަ އެ ވާހަކަ ދެއްކޭނެ އެވެ. ފައިސާ ދެނީ އަހަރުމެނެވެ... ރައްޔިތުންގެ ފައިސާއަށް ހަރާންކޯރު ވާތަން ބަލައިގެނެއް ނުތިބެވޭނެ އެވެ. މިހާރުވެސް ޕްރޮޖެކްޓެއް އޮތިއްޔާ ދަނީ ކުރިމަތިލަމުން! ނަލަކޮށް އެއްބަސްވުމާ އެއްގޮތަށް ކުރޭ..."
މި ޝަކުވާތައް ނިހާދާއި އެހެން ބައެއް މީހުން ކުރާން ފެށުމުގެ ކުރީން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ދެކުނުގެ އެ އަތޮޅުގެ މަގުތައް ހަދާ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާ އެ ސިޓީގެ މަގުތައް ހަދާ ނިމޭއިރު ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެފަ އެވެ.
ނިޒާރު އޭރު ވިދާޅުވީ ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ ސަރުކާރުން ކުރާ ވަރަށް ބޮޑު ހޭދައެއް ކަމަށާއި އެ މަސައްކަތުގެ ކޮންޓްރެކްޓަރާއި ކޮންސަލްޓެންޓަކީ އެއް ގައުމަކަށް ނިސްބަތްވާ ގުޅުން އޮތް ދެ ފަަރާތް ކަމަށެވެ. އެހެންވެ މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތުގެ ޝައުވާ ބޮޑުވެފައިވާ ކަމަށެވެ.
"ކައުންސިލުން ތަކުރާރުކޮށް ޝަކުވާތައް ޕްލޭނިން މިނިސްޓްރީއާ ހިއްސާ ކުރަން. އެހެން ނަމަވެސް ހައްލެއް ނުލިބި މި މަސައްކަތް ނިމޭއިރު މި މަގުތައް އައްޑޫ ރަށްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބަ އޮތް. މި މަސައްކަތް ޕްލޭނިން މިނިސްޓްރީއަށް ބަލަންވާވަރަށް ނުބެލޭ." މޭޔަރު ނިޒާރު ވިދާޅުވެފައި ވެއެވެ.
އިންޑިއާގެ އެފްކޮންސް އަކީ މަގާއި ތަޖުރިބާގައި ބައި ގަރުނަށްވުރެ ދިގު މާޒީއެއް އޮތް އަދި ދުނިޔޭގައި މަސައްކަތުގެ ވަރުދަ ނެޓްވޯކެއް އުފައްދައި ޓްރެކް ރިކޯޑެއް އޮތް ބްރިޖް / މެރިން ޕޯޓް ފެސިލިޓީ ކުންފުންޏެކެވެ. ޕޯޓް ފެސިލިޓީގައި ދުނިޔޭ ހަ ވަނައިގައި އޮތީ އެފްކޮންސް އެވެ، ބްރިޖު އެޅުމުގަ އާއި މަގު ހެދުމުގައި ރަނގަޅު މަގާމެއް އެ ކުންފުނިން ހޯދާފައި ވެއެވެ.