ނުބައި މަރަކުން މަރުވުމާ ދުރުކުރެއްވުމަށް އެދޭ މީހާ ރަހިމުގެ ގުޅުން ދަމަހައްޓަން ޖެހޭ: ހުތުބާ

މީގެ އިތުރުން ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ، ސުވަރުގެ ވަނުމަށް މަގުފަހިވާ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

ހުކުރުގެ ޖަމާއަތް ކުރިއަށް ދަނީ

ގާތްތިމާގެ މީހުންނާ އޮންނަ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރާއި ރިޒްގުގައި ބަރަކާތް ލައްވާ މަރުމަތި އަމާންވާނޭ ކަމެއްކަން ނަބިއްޔާގެ ބަސްފުޅުތަކުން އެނގޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"އިހްސާންކަން" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ އިހްސާން ކަމުގައި، ގާތްތިމާގެ މީހުންނާ އޮންނަ ރަހިމުގެ ގުޅުން ދެމެހެއްޓުން ހިމެނޭ ކަމަށެވެ. އެއީ އުމުރާއި ރިޒްގުގައި ބަރަކާތް ލައްވާ މަރުމަތި އަމާންވާނޭ ކަމެއްކަން ނަބިއްޔާގެ ހަދީސްބަސްފުޅެއްގައިވާ ކަމަށެވެ.

"އެމީހެއްގެ އުމުރު ދިގުކުރެއްވުމަށާއި، ރިޒްގު ތަނަވަސް ކުރެއްވުމަށާއި، ނުބައި މަރަކުން މަރުވުމާ ދުރުކުރެއްވުމަށް އެދޭ މީހާ، ފަހެ ﷲ އަށް ތަގްވާވެރިވެ، އޭނާގެ ރަހިމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ،" ނަބިއްޔާގެ ހަދީސް ބަސްފުޅުގެ މާނަ ބަޔާންކޮށް ހުތުބާގައި ބަޔާން ކޮށްފައިވެ އެވެ.

މީގެ އިތުރުން ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ، ސުވަރުގެ ވަނުމަށް މަގުފަހިވާ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ. އެއްދުވަހަކު މީހަކު ނަބިއްޔާ އަށް، ދެންނެވި ކަމަށް ބަޔާންކޮށް އެ ހަދީސް ބަސްފުޅުވެސް ހުތުބާގައި ވަނީ ތަފްސީލު ކޮށް ދެއްވާފަ އެވެ.

"އެ ހިނދު މާތް ނަބިއްޔާ ހަދީސް ކުރެއްވިއެވެ 'ތިބާ ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި ނަމާދު ގާއިމުކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ!"

ހުތުބާގައި ބުނީ ގާތްތިމާގެ މީހުން ފިޔަވައި ޔަތީމުންނާއި، މިސްކީނުންނާއި، ހަނގުރާމައިގެ އަސީރުން ފަދަ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދީ ކާންދީ އުޅުމަކީ ވެސް އިހްސާންތެރި ކަމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.