މީޑިޔާ ކޮމިޝަނުގެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

މި މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް ނިންމެވި ސަބަބެއްކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލައެއްގައި ފުރިހަމަވާންޖެހޭ ޝަރުތުތައް މީކާއިލު ހުށަހެޅުއްވި މައްސަލާގައި ފުރިހަމަނުވުމެވެ.

މެންބަރު މީކާއިލް އަހުމަދު ނަސީމް --

މީޑިޔާތައް ރެގިއުލޭޓުކުރުމަށް މިހާރު އޮތް މީޑިޔާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން އުފައްދާ މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއީލް ނަސީމު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަންނަވަން ނިންމަވައި ރިޔާސަތުން ބޭރުކޮށްލައްވައިފި އެވެ. 

މީޑިޔާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލައިގެން އައު ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގެންނެވުމަށް ނިންމެވީ އެ މައްސަލާގއި ކުއްލި މައްސަލައެއްގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަނުވާތީކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ. 

 "[މަޖިލިސް ގަވައިދުގައިވާ ގޮތުން] ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަނުވާތީ އެ މައްސަލަ މި ޖަލްސާއަށް ހުށަހެޅުއްވެން ނެތް ވާހަކަ ދަންނަވަން،" އެމަނިކުފާނު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ހަންނާނު ހުށަހެޅުއްވި ބިލުގައި އޮތީ މީޑިޔާ ކޮމިޝަނުގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގޮތަށެވެ. އެއިރުން ކޮމިޝަނުގެ ކޮންޓްރޯލު އޮންނާނީ ސަރުކާރުގަ އެވެ. 

އޭގެ އިތުރަށް އެ ބިލުގައި ވަކިވަކި ނޫސްވެރިންނާއި މީޑިޔާ އައުޓްލެޓުތައް ބޮޑެތި އަދަދުތަކުން ޖޫރިަމަނާކުރެވޭ ގޮތަށް މާއްދާތައް ހިމަނާފައިވެ އެވެ. 

މީޑިޔާ ކޮމިޝަނުގެ ބިލާމެދު މީކާއިލްވަނީ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކުރައްވައި އެބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިކަމާއި ހަބަރާއި މައުލޫމާތު ފެތުރުމާއި ލިބިގަތުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އުނިކަން ލިބޭ ގޮތަށް ކަމަށެވެ. އެގޮތުން އަންނަނިވި ކަންބޮޑުވުންތައް އޭނާ ފާހަގަކުރެއްވި އެވެ. 

  •  ބިލު ފަރުމާކޮށްފައި އޮތް ގޮތުން މީޑިޔާ ރެގިއުލޭޓުކުރުމުގެ ބާރު ސަރުކާރުގެ މުށުތެރެއަށް ލެވޭނެ
  •  ބޮޑެތި އަދަދުތަކުން ނޫސްވެރިންނާއި މީޑިޔާތައް ޖޫރިމަނާކޮށް މީޑިޔާތައް ބަންދުކުރުމުގެ ބާރު ސަރުކާރަށް ލިބޭނެ
  •  ބިލު ފަރުމާކޮށްފައި އޮތް ގޮތުން މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިވޭ
  •  މިއީ މަޖިލީހގެ އަޣުލަބިއްޔަތުގެ ނާޖައިޒު ފައިދާ ނަގައިގެން ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ނިގުޅައިގަތުމަށް ހިންގާ ޖަރީމާއެއް
  •  ސަރުކާރުގެ އެކި މައުލޫމާތުތައް ހޯދަން ނޫސްވެރިން އެދުމުން އެ މައުލޫމާތު ނުދިނުމަކީ ސަރުކާރުގެ ސިޔާސަތަށް ހަދާފައިވޭ

މީކާއިލް އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތަކާއި މިނިވަންކަން ކަމަކަށްފަހު ކަމަކަށް އަމާޒުކޮށްގެން ގާނޫނީ ބަދަލުތައް ގެނެސް ވަރަށް ބޮޑަށް ހަނިކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ މީޑިޔާ ކޮންޓުރޯލުކުރައްވަން ބޭނުންފުޅުނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީޑިޔާ ކޮންޓުރޯލުކުރެއްވުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އިތުރަށް ރައީސް ވިދާޅުވީ މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ހައްގު އޮންނާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.