ސަރުކާރުގެ މިއުޒިކު ޝޯ ބާއްވަން "ދޭދަރު ރުއިން" ގެ ޕްރިމިއާ ނައިޓް އަތުލައިފި

ބަޔާން ނެރެ ވަރަށް ބޮޑަށް ވައިރަލްވެ މައްސަލަ ގޯސްވުމުން އެ ބަޔާން ސޯޝަލް މީޑިއާ އިން ނެގުމަށް ވެސް ވަނީ އަންގާފަ އެވެ.

ޕްރޮޑިއުސަރު އިލްޔާސް (ކ) އިބްރާހިމް އާމިރު (މ) މިނިސްޓަރު އިބްރާހިމް ވަހީދު (ކ): ދޭދަރު ރުއިންގެ ޕްރިމިއާ ނައިޓަށް ސަރުކާރުގެ މިއުޒިކު ޝޯ ބާއްވަން ވަނީ ހުރަސް އަޅާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅުވާ ޔޫތު މިނިސްޓްރީން ބާއްވާ މިއުޒިކު ޝޯތައް އޮލިމްޕަސް ނަގާ "ދޭދަރު ރުއިން" ގެ ޕްރިމިއާ ނައިޓް އޮތް ތާރީހަށް އޮލިމްޕަސް ނުލިބޭނެ ކަމަށް އަންގައިފި އެވެ.

ރީތި ފިލްމުތަކެއް ދިވެހި ސިނަމާއަށް ގެނެސް ދިން އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލްގެ "ދޭދަރު ރުއިން" ސްކްރީން ކުރަން ނިންމާފައި އޮތީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ފިލްމުގެ ޓިކެޓް ވެސް ވިއްކަން ފަށާ ޕްރިމިއާ ނައިޓްގެ ތައްޔާރީތައް ފަށާފައި ވަނިކޮށް ޔޫތުގެ ދަށުގައި އޮތް އޮލިމްޕަސް ބަލަހައްޓާ އެންސީއޭ އިން ވަނީ މިއުޒިކު ޝޯ ތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ބުނެ އެ ތާރީހު ނުލިބޭނެ ކަމަށް އަންގާފަ އެވެ.

ފިލްމު އަޅުވަން މި ތާރީހު ނަގާފައިވާތާ އަހަރު ދުވަސް ވެއްޖެ އެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ ފިލްމަށް ދީފައިވާ ތާރީހުގައި އޮލިމްޕަސް ނުލިބޭނެ ކަމަށް އެންގީ އެއްވެސް މަަޝްވަރާ ކުރުމެެއް ނެތި ކަމަށެވެ.

މިއީ ދިވެހި ފިލްމީ ފަންނާނުންގެ ހައްގުތައް ގެއްލިގެންދާ ފަދަ އަމަލެއް ކަމުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހާ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަން ވަނީ ގޮވާލާފަ އެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ އެކަން ބަޔާންކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. މި ބަޔާން ނެރުނީ މައްސަލަ ހައްލު ކުރަން ޔޫތު މިނިސްޓަރާއި އެންސީއޭގެ ވެރީންނާއި ތިން ދުވަސް މަތީން މަޝްވަރާ ކުުރުމަށް ފަހު އެވެ. މިނިސްޓަރު އިބްރާހިމް ވަހީދާއި އެންސީއޭ ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް އާމިރު މަސައްކަތް ކުރެއްވީ އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ބޮލުގައި ޒިންމާ އެޅުވުމަށްފަހު އެވެ. އަދި ފަހުން ވަނީ ފަންނާނުން ދެކޮޅު ހަދާތީ ތާރީހު ބަދަލު ކުރެވެން ނެތް ކަމަަށް އަންގާފަ އެވެ.

އޭގެ ފަހުން ބަޔާން ނެރެ ވަރަށް ބޮޑަށް ވައިރަލްވެ މައްސަލަ  ގޯސްވުމުން އެ ބަޔާން ސޯޝަލް މީޑިއާ އިން ނެގުމަށް ވެސް ވަނީ އަންގާފަ އެވެ. 

ފިލްމެއްގެ ޕްރިމިއާ ނައިޓްގެ ތާރީހު އިއުލާނުކޮށް ޓިކެޓް ވެެސް ވިއްކުމަށް ފަހު ތާރީހު ބަދަލު ކުރުމަކީ އެކަމުން ފިލްމު އުފެއްދި މީހުންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބި ޓިކެޓް ނެގި އެތައް ބައެއްގެ ހައްގު ގެއްލޭނެ ކަމެކެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރުވާނީ މި މަހުގެ 17 ވަނަ ދުވަހު ކަމުން މި މަހުގެ 20 ނޫނަސް އެހެން ތާރީހެއް ގައި މިއުޒިކު ޝޯ ތައް ބޭއްވުމުގެ ފުރުސަތު އެބައޮތެވެ. އަނެއް ކޮޅުން ވެރިކަމަށް އަހަރު ފުުރުމާ ދިމާކޮށް މިއުޒިކު ޝޯތައް ބާއްވާ އަލުން އޮލިމްޕިއަންސްގެ ޝޯތައް ބާއްވާތީ ދީނީ އިލްމުވެރީންނާއި އާންމުން ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.