އެމްޕީއެލް އިން ފުލުހަށް ހަދިޔާކޮށްފައިވަނީ ފަސް ޓަނުގެ ފޯކްލިފްޓެކެވެ.
ދިވެހި ފުލުހުންގެ ބޭނުމަށްޓަކައި އެމްޕީއެލް އިން ފޯކް ލިފްޓެއް ހަދިޔާ ކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެމްޕީއެލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ފޯކްލިފްޓް ފުލުހުންނަށް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް އެވެ. މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.
އެމްޕީއެލް އިން ބުނީ މި ފުލުހުންގެ ބޭނުމަކަށް ހަދިޔާކޮށްފައިވަނީ ފަސް ޓަނުގެ ފޯކް ލިފްޓެކެވެ.
ފުލުހުން ދަނީ ހިދުމަތް ދިނުމަށް ގިނަ އުޅަނދު ތަކެއް ބޭނުން ކުރަމުންނެވެ. ފޯކް ލިފްޓް ފަދަ އުޅަނދު ތަކަކީ ފުލުހުން މިހާރު ދެމުންދާ ހިދުމަތްތަކަށް ކޮންމެހެން ބޭނުންވާ އެއް އުޅަނދެވެ.