ފިނޭންސްއިން ފާހަގަކުރި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް އެކި ގޮތްގޮތުން ދެވުނު ޓެކްސް ލުއިތަކުގެ ތެރެއިން 390.9 މިލިއަން ޑޮލަރު (6.02 ބިލިއަން ރުފިޔާ) ދައުލަތުން ދޫ
ތިން އަހަރު ތެރޭގައި ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކަށް ހަ ބިލިއަނަށްވުރެ ގިނަ ރުފިޔާ ޓެކްސް ލުއިތަކުގެ ގޮތުގައި މައާފުކޮށްދީފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތުގައި ސަރުކާރުން ފާހަގަކުރި ގޮތުގައި އެކި ސަބަބުތަކާހުރެ ވިޔަފާރިއަށް އަދި އިންވެސްޓުމެންޓަށް ހިތްވަރުދިނުމުގެ ގޮތުން ޓެކުހާއި ޓެކުސް ނޫން ގޮތްގޮތުން ދައުލަތަށް ދައްކަންޖެހޭ ފައިސާއާ ގުޅިގެން ދޭ ލުއިތަކުން ދައުލަތުގެ އާމްދަނީއަށް އަސަރުކުރެ އެވެ.
ގާނޫނުތަކުގެ ތެރެއިން ދޭ ބައެއް ލުއިތައް ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވެ އެވެ. އެއީ:
މި އިސްތިސްނާތަކުގެ ތެރެއިން އާމްދަނީން ޓެކުސް ނެގުމުގެ އިސްތިސްނާއާ ގުޅިގެން ހަމައެކަނި 2023 ވަނަ އަހަރު 216.7 މިލިއަން ރުފިޔާ ދައުލަތުން ދޫކޮށްލާފައިވާކަމަށް ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ.
އަދި އިމްޕޯޓު ޑިއުޓީއާ ގުޅިގެން ދީފައިވާ ލުއިތަކުގެ ސަބަބުން 2023 ވަނަ އަހަރު 1.6 ބިލިއަން ރުފިޔާ ދައުލަތުން ދޫކޮށްލާފައިވެ އެވެ. 2024 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް 1.1 ބިލިއަން ރުފިޔާ ޑިއުޓީގެ ލުއީގެ ތެރެއިން ދައުލަތުން ދޫކޮށްލާފަައިވެ އެވެ.
އިމްޕޯޓު ޑިއުޓީ ނެގުމުގައި ދީފައިވާ ލުއީގެ ބޭނުމަކީ މާލެއިން ބޭރުގައި ހުރި ބަނދަރުތަކަށް ބޭރުން މުދާ އިމްޕޯޓުކުރާ މިންވަރު އިތުރުކުރުން ކަމަށްވާއިރު އެ މަގުސަދު އެ ލުއިދިނުމުން ހާސިލުވާ މިންވަރު ވަޒަންކުރެވިފައިނުވާކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރި އެވެ.
އިތުރަށް ފިނޭންސްއިން ފާހަގަކުރި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް އެކި ގޮތްގޮތުން ދެވުނު ޓެކްސް ލުއިތަކުގެ ތެރެއިން 390.9 މިލިއަން ޑޮލަރު (6.02 ބިލިއަން ރުފިޔާ) ދައުލަތުން ދޫކޮށްލާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބަޖެޓު ފޮތުގައި ފާހަގަކުރި ގޮތުގައި މި ލުއިތަކުގެ ސަބަބުން ޓެކްސް ބޭސް ހަނިވެ އެވެ. އަދި ދައުލަތަށް ލިބެން އޮތް އާމްދަނީ މަދުވެ އެއިން ބައެއް ގެލިގެންދެ އެވެ. އަދި މި ފުރުސަތުތަކުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނެގުމުގެ ސަބަބުން ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީ ނުލިބުމުގެ ފުރުސަތު އޮވެ އެވެ.
އެހެންކަމުން މިހާރު ފިނޭންސް މިނިސްޓްރީ ކުރަމުންދާ މަސައްކަތަކީ އެކި އިސްތިރާޖީ އަމާޒުތައް ހާސިލުކުރުމަށް ގާނޫނުތަކުގެ ތެރެއިން ޓެކްސް އަދި ޑިއުޓީ ދެއްކުން ފަދަ ކަންކަމުގައި ދީފައިވާ ލުއިތަކުން ދައުލަތުގެ އާމްދަނީއަށް ކުރާ އަސަރު ކުޑަކުރުމަށް މިފަދަ ސިޔާސަތުތައް ދެފުށްފެންނަ ގޮތެއްގައި ހިންގޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތެވެ.