ރައީސްގެ މަންދޫބެއްގެ ގޮތު ޝާހިދު އޮމާނަށް

އޮމާންގެ އިންވެސްޓްމަންޓް އޮތޯރިޓީއާއެކު މަޝްވަރާކޮށް ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ޝާހިދުގެ ދަތުރުފުޅުގައި މަޝްވަރާ ބާއްވާނެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެން އޮމާންގެ ފޮރިން މިނިސްޓަރާއެކު

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ޝާހިދު، އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު އަލްބުސައިދީ އާއި ބައްދަލުކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ގުޅުން ހަރުދަނާކުރުމަށާއި ގުޅޭ ދާއިރާތަކަށް މަޝްވަރާ ކުރައްވާނެ އިރު ރައީސްގެ ފަރާތްޕުޅުން އޮމާންގެ ސުލްތޯން ހައިތަމް ބިން ތޯރިގް ސިޓީފުޅެއް އަރުވާނެ އެވެ.

އޮމާންގެ މިނިސްޓާ އޮފް ހެރިޓޭޖް އެންޑް ޓޫރިޒަމް ސާލިމް ބިން މުހައްމަދު އަލްމަހްރޫގީ އާއި ބައްދަލުކުރައްވާ އޮމާންގެ އިންވެސްޓްމަންޓް އޮތޯރިޓީއާއެކު މަޝްވަރާކޮށް ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ޝާހިދުގެ ދަތުރުފުޅުގައި މަޝްވަރާ ބާއްވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.