ބްރިޓިޝް އެއާވޭސްއަކީ މި ހިދުމަތާ ގުޅޭ 11 ވަނަ އެއާލައިނެވެ. އެ އެއާލައިނުން އެންމެ ފުރަތަމަ މުދާ ޝިޕްމެންޓެއް ގެންދަން ހަމަޖެހިފައިވަނީ ރާއްޖެއިން ކެނަޑާއަށެވެ. މި ޝިޕްމެންޓުގައި 8.2 ޓަނުގެ މުދާ ގެންދަންވަނީ ހަމަޖެހިފަ އެވެ.
ރާއްޖެއަށް ކަނޑު މަގުން މުދާ އެތެރެކުރުމަށްފަހު ވައިގެ މަގުން ރީ-އެކްސްޕޯޓުކުރަން ފެށި ހިދުމަތާ އިތުރު އެއާލައިނެއް ގުޅި ރާއްޖެ މަގުން ކެނަޑާއަށް މުދާ އުފުލަން ފަށައިފި އެވެ.
މޭ މަހުގައި ތުރުކީ އެއާލައިންސްއާއެކު ފެށި ހިދުމަތަށް އޮތް ޑިމާންޑު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާއިރު އެންމެ ފަހުން މި ހިދުމަތް ދިނުމުގައި ބައިވެރިވީ އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސް އެވެ.
ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ރާއްޖޭގައި ދެމުން އަންނަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާއި މޯލްޑިވްސް ޕޯޓްސް ލޮމިޓެޑް ގުޅިގެންނެވެ. އަދި އެ ހިދުމަތް ދިނުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިންވެސް ބައިވެރިވެ އެވެ.
ބްރިޓިޝް އެއާވޭސްއަކީ މި ހިދުމަތާ ގުޅޭ 11 ވަނަ އެއާލައިނެވެ. އެ އެއާލައިނުން އެންމެ ފުރަތަމަ މުދާ ޝިޕްމެންޓެއް ގެންދަން ހަމަޖެހިފައިވަނީ ރާއްޖެއިން ކެނަޑާއަށެވެ. މި ޝިޕްމެންޓުގައި 8.2 ޓަނުގެ މުދާ ގެންދަންވަނީ ހަމަޖެހިފަ އެވެ.
މި ހިދުމަތް ފެށިއިރު ރާއްޖެއިން ބޭރުކުރަމުން އައީ ބަންގްލަދޭޝުގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ. ނަމަވެސް ފާއިތުވި ހަފުތާގައި އިންޑިޔާގެ އުފެއްދުންތައްވެސް ރާއްޖެއަށް ގެނައުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށްފައިވެ އެވެ. އެ ތަކެތި ފޮނުވީ ޖަރުމަނަށެވެ.
އެމްޕީއެލުން ބުނި ގޮތުގައި ފާއިތުވި އޮކްޓޯބަރު މަހުގައި އެކަނި 97 ކޮންޓެއިނަރު ނުވަތަ 418 ޓަނުގެ މުދާ ރާއްޖެއިން ވައިގެ މަގުން ބޭރުކޮށްފައިވެ އެވެ. އަދި މި ވިޔަފާރި ފުޅާކޮށް މަހެއްގެ މައްޗަށް 400 ކޮންޓެއިނަރު ބޭރުކުރެވޭ މިންވަރަށް ކުރިއެރުވުމުގެ ފުރުސަތު އެބައޮތްކަމަށް އެމްޕީއެލްއިން ބުނެ އެވެ.