އެޗްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަސްމާލޭގެ އޭރިއާ އެފް ހިއްކުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތާ ގުޅޭ އިތުރު އެއްވެސް ތަފުސީލު އެޗްޑީސީން ހާމަނުކުރެ އެވެ.
ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު އަލުން މަސައްކަތް ފަށައިފި އެވެ.
އެންމެ ފުރަތަމަ ރަސްމާލޭ ބިންހިއްކަން ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ހުޅުމާލެއާއި ރަސްމާލެއިން ގިނަ އަދަދެއްގެ ބިން ލިބޭ ގޮތަށެވެ.
ނަމަވެސް އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ އެ ކުންފުންޏަށް ހަމަނުޖެހި އެ މަޝްރޫއު މަޑުޖެހުމާ ގުޅިގެން އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށް ބިން ދޭންނުޖެހޭ ގޮތަށް އެ މަސައްކަތް އަލުން ހިންގަން ސަރުކާރުން ނިންމި އެވެ.
އެ މަސައްކަތް މިހާރު ހިންގަނީ ޗައިނާ ދެ ކުންފުންޏަކާއި އިންޑިޔާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެޗްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަސްމާލޭގެ އޭރިއާ އެފް ހިއްކުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތާ ގުޅޭ އިތުރު އެއްވެސް ތަފުސީލު އެޗްޑީސީން ހާމަނުކުރެ އެވެ.
ރަސްމާލެ ތަރައްގީކުރުމަށް 1،153 ހެކްޓަރުގެ ބިން ފުށިދިއްގަރު ފަޅުން ހިއްކަން ނިންމާފައިވެ އެވެ. އެންމެ ފުރަތަމަ މަސައްކަތް ފެށީ މަސައްކަތް ފަށާތާ އަށް މަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް މަސައްކަތް މަޑުޖެހުމުގެ ސަބަބުން އެ މުއްދަތުގައި މަސައްކަތް ނިމިފައިނުވެ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ފުށިދިއްގަރު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގައި އެކަނި 30،000 ހައުސިން ޔުނިޓ އެޅުމަށް ނިންމާފައިވެ އެވެ.