"އާބާދީއާ ތަރައްގީ އެއްފަސް ކުރުމުގެ ވަރުގަދަ ޕްރޮގްރާމެއް ހިންގައިގެން ނޫނިއްޔާ ރާއްޖޭގެ އެންމެންނަށް ބޭނުންވާ ހިދުމަތްތަކެއް ދެވޭކަށް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް ހާއްސްކޮށްގެން ގާއިމް ކުރަން ނިންމާފައިވާ އާބަން ސެންޓަރުތަކުގެ އާބާދީއަކީ މަދުވެގެން 10،000 މީހުން ކަމަށާއި، އުތުރާއި ދެކުނުގައި ގާއިމްކުރާ އާބަން ޑިވެލޮޕްމެންޓް ރީޖަންތަކުގެ އާބާދީއަކީ، ކޮންމެ ރީޖަނެއްގައި އެއްލައްކަ މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅު ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އަދި މާލެސިޓީ ނުހިމަނައި، އިތުރު ހަތް އާބަން ސެންޓަރު އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއެކު ތަރައްގީ ކުރައްވަން ނިންމަވައި، އެކަން ވަނީ އެކި ފަހަރުމަތިން އިއުލާނު ކުރައްވާފަ އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ވަނީ އާބަން ސެންޓަރުތައް ގާއިމްކުރާ ރަށްތައް ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އާބަން ސެންޓަރުތައް ގާއިމްކުރާ ހަތް ރަށަކީ؛
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާބަން ސެންޓަރުތަކަކީ ރާއްޖެ އެއްފަސް ކުރުމުގެ ބޭނުމުގައި ގާއިމް ކުރާ ތަންތަން ކަމަށެވެ. ސެންޓަރުތައް ގާއިމްކުރަން ރަށްތައް ކަނޑައަޅާފައި ވަނީ އެހެން ރަށްރަށަށްވުރެ ހިދުމަތް ރަގަޅު އަދި ބޮޑުކުރެވޭނެ ރަށްތަކަށް ބަލައިގެން ކަމަށެވެ.
"އާބާދީއާ ތަރައްގީ އެއްފަސް ކުރުމުގެ ވަރުގަދަ ޕްރޮގްރާމެއް ހިންގައިގެން ނޫނިއްޔާ ރާއްޖޭގެ އެންމެންނަށް ބޭނުންވާ ހިދުމަތްތަކެއް ދެވޭކަށް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލެ ފިޔަވައި 186 ރަށުގައި މީހުން ދިރިއުޅޭއިރު، އޭގެ ތެރެއިން 55 ރަށަކީ 500 މީހުން ހަމަނުވާ ރަށްރަށް ކަމަށެވެ. އެރަށްރަށުގައި ސްކޫލްތައް ރަގަޅަށް ނުހިންގޭއިރު ރަގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ވެސް ނުދެވޭ ކަމަށެވެ. އެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާނަމަ ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑެތި ހަރަދުތައް ހިނގާނެ ކަމަށެވެ.
"އޭގެ ބަދަލުގައި ފޯކަސްޑް ރަށަކަށް އިންވެސްޓްމެންޓާ ތަރައްގީ ގެނެވެއްޖެކަމަށްވަންޏާ އޭގެ ފައިދާ މުޅި މުޖުތަމައުއަށް އަންނާނެ. މާލެއަށް ކޮންމެ ފަހަރަކު ހިދުމަތެއް ހޯދަން އަންނާކަށް ނުޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އާބަން ޑިވެލޮޕްމެންޓް ރީޖަންތައް ތަރައްގީ ކުރާނީ މާލެއާ އެއްފެންވަރަށް ކަމަށާއި، އެ ރީޖަންތަކުން އެއްވެސް ގޮތަކަށް ހިދުމަތް ހޯދަން މާލެ އަންނަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.