އޫރީދޫއަށް ތިން ކުއާޓާއިން 1.6 ބިލިއަން، ޓެކުހަށް ދެއްކީ %5.6

މި އަހަރުގެ ތިން ކުއާޓާގައި އާމްދަނީގެ ޓެކުހުގެ ގޮތުގައި އެ ކުންފުނިން ދައްކާފަައިވަނީ 92.6 މިލިއަން ރުފިޔާ އެވެ. އެއީ އެ ކުންފުންޏަށް ލިބުނު އާމްދަނީގެ ގާތްގަނޑަކަށް 5.6 އިންސައްތަ އެވެ.

އުރީދޫ ބިލްޑިންގް: އުރީދޫއަށް ލިބުނު އާމްދަނީން ޓެކުހުގެ ގޮތުގައި ދައްކަންޖެހުނީ އެންމެ 5.6 އިންސައްތަ

އޫރީދޫއަށް މި އަހަރުގެ ފުރަތަމަ ތިން ކުއާޓާގައި ޖުމްލަ 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު އެ ކުންފުނިން ޓެކުހުގެ ގޮތުގައި ދެއްކީ އެ އާމްދަނީގެ އެންމެ %5 ކަން އެ ކުންފުނީގެ މާލީ ހިސާަބުތަކުން ދައްކައިފި އެވެ. 

އުރީދޫން އާންމުކޮށްފަައިވާ އެ ކުންފުނީގެ އާމްދަނީގެ ބަޔާނަށް ބަލާއިރު މި އަހަރުގެ ފުރަތަމަަ ތިން ކުއާޓާއިން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މޯބައިލް ހިދުމަތްތަކުން އާމްދަނީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާއާއި ބްރޯޑް ބޭންޑް އިންޓަނެޓު ހިދުމަތުން ލިބުނު 381.8 މިލިއަން ރުފިޔާއާއި އެހެނިހެން ހިދުމަތްތަކުން ލިބުނު 599 މިލިއަން ރުފިޔާ އެވެ. 

ހިދުމަތުގެ ހަރަދަށް ހިނގި 832 މިލިއަން ރުފިޔާ އަދި ފައިނޭންސްކުރުމުގެ ހަރަދުގެ ގޮތުގައި ހޭދަކުރި 39 މިލިއަންް ރުފިޔާ އުނިކުރުމަށްފަހު ޓެކުސް ދެއްކުމުގެ ކުރިން ފައިސާގެ ގޮތުގައި 595.7 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނެވެ. 

މި އަހަރުގެ ތިން ކުއާޓާގައި އާމްދަނީގެ ޓެކުހުގެ ގޮތުގައި އެ ކުންފުނިން ދައްކާފަައިވަނީ 92.6 މިލިއަން ރުފިޔާ އެވެ. އެއީ އެ ކުންފުންޏަށް ލިބުނު އާމްދަނީގެ ގާތްގަނޑަކަށް 5.6 އިންސައްތަ އެވެ. 

ޓެކުހުގެ ގޮތުގައި ދެއްކި ފައިސާ އުނިކުރުމަށްފަހު ތިން ކުއާޓާގައި އުރީދޫއަށް ފައިސާގެ ގޮތުގައ 503.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 

އުރީދޫއަކީ ހިއްސާގެ ބާޒާރުގައި ރަޖިސްޓްރީކޮށް އާންމުންނަށް ހިއްސާ ވިއްކާ ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ މައިގަނޑު ހިއްސާ ކޮންޓުރޯލުކުރަނީ އުރީދޫގެ މައި ކުންފުނިންނެވެ. އެއީ ގަތަރު ކުންފުންޏެކެވެ. އެހެންކަމުން އުރީދޫ ދިވެހިރާއްޖެއަށް ލިބޭ ފައިދާގެ ބޮޑު ނިސްބަތެއް ދާނީ ބޭރަށް އެ ކުންފުންޏަށެވެ. 

އުރީދޫއައި ދިރާގަށް ހާއްސަ ޓެކްސް ބްރެކެޓެއް ތައާރަފުކުރުން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުނިކަމަށްވާ އުރީދޫއާއި ދިރާގަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު އެ ދެ ކުންފުނިން ދައްކަންޖެހޭ ޓެކުސް ދަށްކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރެ އެވެ. އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިންވަނީ މި ދެ ކުންފުންޏަކީ ދެ މޮނޮޕޮލީކަން ފާހަގަކޮށް އެ ކުންފުނިތަކަށް ވަކިން ހާއްސަ ޓެކްސް ބްރެކެޓެއް ތައާރަފުކުރަން ލަފާދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.