އެސްޑީއެފްސީން އިއުލާނުކުރި ގޮތުގައި އެ ލޯނު ދޭނެ 60 މީހުން މިހާރުވަނީ ކަނޑައަޅާފަ އެވެ. އެ މީހުންނަށް ދޫކުރަނީ ޖުމްލަ 14 މިލިއަން ރުފިޔާގެ ލޯނެވެ.
އަންހެނުން ވިޔަފާރިއަށް ނުކުތުމަށް ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުން އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރަން ނިންމާފއިވާ "ފަށާ މަދަދު" ލޯނު 60 އަންހެނަކަށް ދިނުމަށް ނިންމައިފި އެވެ.
އަންހެނުން ބާރުވެރިކޮށް ވިޔަފާރީގެ ތެރެއަށް ނެރުމަށް ހާއްސަ ލޯނުތަކެއް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ލޯނަކީ އާމްދަނީ ކަށަވަރުނުވުމުގެ ސަބަބުން އާންމު ބޭންކުތަކުން ލޯނުތައް ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ އަންހެނުންނަށް ހާއްސަކޮށް ލޯނު ދޫކުރަން ފަށާފައިވާ ސްކީމެކެވެ.
މި ސްކީމުގެ ދަށުން ދޫކުރާ ލޯނުތައް ދޫކުރަނީ ހަ އިންސައްތަ އިންޓަރެސްޓު ރޭޓުގަ އެވެ. އަދި ފަސްލައްކަ ރުފިޔާއާ ހަމައަށް މި ލޯނު ސްކީމުގެ ދަށުން ލޯނު ދޫކުރާނެ އެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދައްކަން ފަށަންޖެހޭނީ 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކަށް ފަހު އެވެ.
އެސްޑީއެފްސީން ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް ހަތް އަހަރުގެ މުއްދަތެއް ދިނުމަށްވަނީ ނިންމާފަ އެވެ.
އެސްޑީއެފްސީން އިއުލާނުކުރި ގޮތުގައި އެ ލޯނު ދޭނެ 60 މީހުން މިހާރުވަނީ ކަނޑައަޅާފަ އެވެ. އެ މީހުންނަށް ދޫކުރަނީ ޖުމްލަ 14 މިލިއަން ރުފިޔާގެ ލޯނެވެ.
އޭގެ އިތުރަށް ފަށާ މަދަދު ލީސިން ނަމުގައިވެސް ފައިނޭންސް ސްކީމެއް އެސްޑީއެފްސީން ތައާރަފުކޮށްފައިވެ އެވެ. އަށް އިންސައްތަައިގެ އިންޓަރެސްޓު ރޭޓުގައި ދޫކުރާ މި ލޯނުގައި ގްރޭސް ޕީރިއަޑަކީ ހަ މަހެވެ. އަދި ލޯނު ދައްކަން ފަސް އަހަރު ލިބޭނެ އެވެ.