ފުލުހުން އެ ތަނަށް ވަނީ ދޮރުވައްޓާލައިގެންނެވެ. އޭރު އޭނާގެ ބޯ ވަނީ ބާލާފަ އެވެ. އެ މީހާގެ އިނގިލި ބުރިކޮށްލަން އޮތީ ރާވާފައެވެ.
ހިޔާ އަވަށުގައި މީހަކު ރަހީނުކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިގެން ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފަ އެވެ. އެ އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން ބުނީ އެ ރިޕޯޓާއި ގުޅިގެން ވަގުތުން އެ މައްސަލަ އަށް އެޓެންޑް ވި ކަމަށެވެ.
އަދި ރަހީނުކޮށްފައިވާ މީހާ ހުރި އެޕާޓްމަންޓް ދެނެގަނެވުނު ކަމަށެވެ. އެ މީހާ ރަހީނުކޮށްފައި ވަނީ ހިޔާ ނުވަ ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގަ އެވެ. ފުލުހުން އެ ތަނަށް ވަނީ ދޮރުވައްޓާލައިގެންނެވެ. އޭރު އޭނާގެ ބޯ ވެސް ވަނީ ބާލާފަ އެވެ.
އަދި އެ މީހުން ރޭވީ އެ މީހާގެ އިނގިލި ބުރިކޮށްލާށެވެ.
"އެ މީހާ ބުނި ކިރިޔާއޭ ސަލާމަތްވީ، އިނގިލި ބުރިކޮށްލަން އުޅެނިކޮށް ނޭ ވަދެވުނީ،"
މި މީހުންގެ ތެރެއިން އަލްމަންއާއި އިޒްކާން އަދި އިޒާން ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާއިރު ބާކީ ތިބި ނުވަ މީހުން ހަތް ދުވަހަށް ބަންދުކުރަން ކޯޓުންވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލާގައި 12 މީހަކު އެރޭ ހައްޔަރު ކުރި އެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުން ތިބި ތަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުން ކުރާ އައްޑާއެކެވެ.
ފުލުހުން މިހާރު ވަނީ އެ މީހުންގެ ފޮޓޯއާ ވަނަވަރު އާންމުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި މި މީހުންނަކީ ދެ ގުރޫޕަކަށް ނިސްބަތްވާ ބައެކެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.