މި މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ބަޔަކު ފަތުރަމުންދާ ވާހަކަ އާއި ގުޅިގެން ފުލުހުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެ ޒުވާނާ މަރާލާފައިވާ ކަމަށް ދެކެވޭ ވާހަކަ ވަނީ ދޮގެއްކަމަށް ފުލުހުން ބުންޏެވެ.
އުމުރުން 19 އަހަރުގެ އެ ޒުވާނާ ދަންޖެހިފައި ހުއްޓާ ފެނުނީ ގަޑުކެނޑި ކޯޒްވޭ ބްރިޖްގައެވެ.
މި މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ބަޔަކު ފަތުރަމުންދާ ވާހަކަ އާއި ގުޅިގެން ފުލުހުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެ ޒުވާނާ މަރާލާފައިވާ ކަމަށް ދެކެވޭ ވާހަކަ ވަނީ ދޮގެއްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވެފައި ހުއްޓާ ފެނުނު ޒުވާނާ އަކީ މީގެ ކުރިން އެއްވެސް މައްސަލައެއްގައި ހެކިވެރިއެއްގެ ގޮތުގައި ގެނެސްފައިވާ މީހެއް ނޫން ކަމަށާއި އަދި ތުހުމަތު ކުރެވޭ މައްސަލައެއްވެސް އޮތް މީހެއް ނޫން ކަމަށެވެ.
އެހެން ކަމުން މަރުވެފައިވާ ޒުވާނާާ އާ ގުޅެ ގޮތުން ހަގީގަތެއްނެތް ދޮގު ވާހަކަތައް ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އޭނާ މަރާލީ ގޭންގްއަކުން ކަމަށްވެސް ބުނެ މީސް މީޑިއާގައި ވާހަކަދެކެވިފައި ވެއެވެ.