ޒުބައިރު ފާރޫގު ނަމަކަށް ކިޔާ މި މީހާ ސޯޝަލް މީޑިއާގެ ޕްލެޓް ފޯމެއް ކަމަށްވާ ޓިކްޓޮކުގައި އެކި މީހުންނަށް އިންޒާރުދެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް މީހަކަށް އިންޒާރު ދެމުންދާ މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ޒުބައިރު ފާރޫގު ނަމަކަށް ކިޔާ މި މީހާ ސޯޝަލް މީޑިއާގެ ޕްލެޓް ފޯމެއް ކަމަށްވާ ޓިކްޓޮކުގައި އެކި މީހުންނަށް އިންޒާރުދެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އެންމެ ފަހުން އާންމުވި ވީޑިއޯއެއްގައި އޭނާ އަކީ ގޭންގްތައް ގެންގުޅޭ މީހެއް ކަމަށާއި ހަސަން ނަމަކަށް ކިޔާ މީހެއްގެ މުޅި އާއިލާ ރަހީނުކޮށް މަރާލާނެ ކަމަށްބުނެ އޭނާ ވަނީ އިންޒާރުދީފައެވެ.
މި ވީޑިއޯތަކާއި ގުޅިގެން އޭނާ ހައްޔަރުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވަމުންންނެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި މީހަކަށް ބިރުދެއްކި މައްސަަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޒުބައިރުގެ ވީޑިއޯގައި އޭނާ ބުނެފައިވަނީ ހަސަން ނަމަކަށް ކިޔާ މީހާގެ ދަރިންނާއި ދަރިންގެ ދަރިން ރަހީނުކޮށް އިނގިލި ބުރިކޮށްލާނެ ކަމަށެވެ. އަދި އޭނާ އަށް ދޭންޖެހިފައި ހުރި ފައިސާ ނުދީފިނަމަ މި އެންމެން މަރާލާނެ ކަމަށްވެސް ބުނެފައިވެއެވެ.
އޭނާ އަކީ ވަރަށ ްނުރައްކާތެެރި މީހެއް ކަމަށާއި އޭނާ ދައްކާ ހުރިހާ ވާހަކައެއްގެ ޒިންމާ އޭނާ ނަގާނެ ކަަމަށްވެސް ވަނީ ބުނެފައެވެ.