ހައްޔަރު ކޮށްފައި ވަނީ އުމުރުން 33 އަހަރުގެ މީހެކެވެ. އޭނާގެ ވަނަވަރާއި ފޮޓޯ ވެސް ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ މި މަހުގެ ފަސްވަނަ ދުވަހު ހެނދުނު 8:48 ހާއިރު އަމީރު އަހްމަދުމަގު / ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮށްފައި ހުރި ސައިކަލެއް ގައި ބަހައްޓާފައިވާ ދަބަހެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކޮށްފައި ވަނީ އުމުރުން 33 އަހަރުގެ މީހެކެވެ. އޭނާގެ ވަނަވަރާއި ފޮޓޯ ވެސް ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ އޭނާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ދަބަސް ހޯދާ އޭގައިވާ ތަކެއްޗާއެކު ވެރިފަރާތަށް ހަވާލުކޮށްފައިވާ ކަމަށެވެ.
ކުއްޖާގެ ބެލެނިވެރިޔާ ބުނީ އެ ދަބަސް ވަގަށް ނެގީ ފިހާރައަކަށް އެއްޗެއް ގަންނަން ވަތް ވަގުތު ކަމަށެވެ.