ޑރ. ޝަފީއު ވިދާޅުވީ މަގާމާއި ހަވާލުވެ ވަޑައިގެން ކަންކަން ބަލަމުން ދިޔައިރު ތައުލީމީ ދާއިރާގެ ވަރަށް ގިނަ މުވައްޒަފުންނަށް ނުހައްގުން އަނިޔާ ލިބިފައިވާކަން ފާހަގަކުރެއްވުނު ކަމަށެވެ.
މި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ކަމާއި ހަވާލުވެ ބެލި ބެލުމުން ތައުލީމީ ދާއިރާގެ 300 އެއްހާ މުވައްޒަފުންނަށް އެއްވެސް ހެއްކެއް ނެތި އަދަބު ދީފައިވާ ކަމަށް އެޑިއުކޝަން މިނސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޑރ. ޝަފީއު ވިދާޅުވީ މަގާމާއި ހަވާލުވެ ވަޑައިގެން ކަންކަން ބަލަމުން ދިޔައިރު ތައުލީމީ ދާއިރާގެ ވަރަށް ގިނަ މުވައްޒަފުންނަށް ނުހައްގުން އަނިޔާ ލިބިފައިވާކަން ފާހަގަކުރެއްވުނު ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާގެ 300 އެއްހާ މުވައްޒަފުންނަށް ހެއްކެއް ނެތި އަނިޔާ ދީފައިވާ ކަމަށެވެ.
"އަޅުގަނޑު މި މަގާމާއި ހަވާލުވެގެން ކަންކަން ބަލަމުންދިޔައިރު ވަރަށް ގިނަ އަނިޔާ ނުހައްގުން ދީފަ އެބަހުރި މުވައްޒަފުންނަށް. ގާތްގަނޑަކަށް 40 ވަރަކަށް ސްކޫލުގެ ޕްރިންސިޕަލުން އެބަތިއްބެވި އެބޭފުޅުން ތިބެންޖެހޭ ތަން ނޫން އެހެން ތަންތަނަށް އަރުވާލެވިފަ." އޭނާ ވިދާޅުވިއެވެ.
ޑރ ޝަފީއު ވިދާޅުވީ ސްކޫލެއްގެ ޕްރިންސިޕަލެއް ނުވަތަ މުވައްޒަފަކާމެދު އަންނަ ޝަކުވާއަކީ އަދުލުވެރިގޮތެއްގައި އަންނަ ޝަކުވާއެއްކަން ކަށަވަރު ކުރާނެ ކަމަށެވެ. އަދި އެއްވެސް ކަންބޮޑުވުމެއްގައި މައްސަލައެއް ހުށަހަޅައިފިނަމަ އެކަން ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.