ރ. ހުރުވަޅީގައި ހިންގާ ދަ ސްޓޭންޑާޑް އަކީ މަަޝްހޫރު ރިސޯޓެކެވެ. މި ރިސޯޓް ވިއްކާލާ ބައެއް އަދި ނޭނގެ އެވެ.
ރ. ހުރުވަޅީގައި ހިންގާ ދަ ސްޓޭންޑާޑް ވިއްކާލުމުގެ ގޮތުން މިހާރު ވަނީ ޓޫރިޒަމް މިނިސްޓްރީން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ޕްރޮސެސް ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓު ތަރައްގީ ކުރަން ކުއްޔަށް ދޫކޮށްފައިވާ ހުރުވަޅި ކުއްޔަށް ދިނުމާ ބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް ހުށަހަޅާފައިވާ ކަމަށެވެ.
ހުރުވަޅީގައި ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވަނީ ވިޔަފާރިވެރިޔާ އަދި އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރަށެވެ.