ޒިއޯން މޯބައިލްސް ފިހާރަ ފަޅައިލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 47 އަހަރުގެ އަހްމަދު ނިޔާޒު 20 ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުންވަނީ އަމުރުކޮށްފަ އެވެ.
މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސް ހަތަރެއް ފިހާރަ ފަޅައިލިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އަހްމަދު ނިޔާޒު، ފިނިރޯޅި، ހއ.މާރަންދޫ 20 ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ހޯމަދުވަހުގެ ފަތިހު ފިހާރައަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިޔޯއެއް މީސްމީޑިޔާގައި ދައުރުވެފައިވެ އެވެ. އެ ވީޑިއޯއިން ފެންނަނީ މީހަކު ގޮސް އެ ފިހާރައިގެ ދޮރުގައި އެއްޗަކުން ޖަހައި ތަޅައިލުމަށްފަހު ދާ މަންޒަރެވެ.
އޭގެ ފަހުން ފިހާރަ ތެރެއަށް ވަދެ، ކައުންޓަރުގެ ވަތްގަނޑު ހަލާކުކޮށް ފައިސާ ހުރިތޯ ބަލަ އެވެ. ފައިސާ ނުފެނުމުން ދެން އޭނާ ނެގީ ކައުންޓަރު ތިރީގައި ހުރި ކޮޓަޅު ތަކެކެވެ. އެއަށްފަހު ރެކުތައް ކައިރިއަށް ގޮސް ކޮތަޅުތަކަށް ފޯނުފަދަ ތަކެތި އަޅާ މަންޒަރު ވެފެން އެވެ.
އޭނާ ފިހާރަތެރޭގައި އުޅެނިކޮށް މީހަކު ފިހާރައިގެ ދޮރު ކައިރީ މަޑުވެސް ކޮށްލަ އެވެ. ބަލަން ހުރުމަށްފަހު އެމީހާ އެތަނުން ދަނީ އެވެ. އެވަގުތަކީ ފަތިސް ވަގުތު ކަމުން، ސައިކަލުތަކާއި ކާރުތައް ދުއްވާ މަންޒަރުވެސް ސީސީޓިވީ ފުޓޭޖުން ފެނެ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ނުކުންނަނީ ގާތްގަނޑަކަށް ހައެއްކަ ކޮތަޅަށް ސާމާނު އަޅައިގެންނެވެ. ދޮރުން ނުކުމެގެން ހިނގައިގަންނަ ވަގުތު ކޮތަޅުތަކުން ފޯނުފަދަ ތަކެތި މަގުމައްޗަށް ވެރޭ މަންޒަރު ވެސް ފެނެ އެވެ. ވެއްޓުނު ސާމާނު އަލުން ކޮތަޅަށް ލައިގެން އޭނާ ދިޔައިރުވެސް މަގުމަތީގައި މީހުން އުޅެވެ.
މިހާދިސާގެ ރިޕޯޓް ފުލުހުން ފުލުހުންނަށް ހުށަހަޅާފައި ވަނީ ފަތިހު 5:35 ހާއިރު އެވެ. ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ. އެއީ އުތުރުގެ ހއ، މާރަންދޫ ފިނިރޯޅި، އަހްމަދު ނިޔާޒެވެ. އުމުރަކީ 47 އަހަރެވެ.
މިއަދު ފުލުހުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ.