"15 އަހަރު ފަހުން އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ފެށީ މި ދައުރު"

"ދިވެހި ރައްޔިތުންނަށް މިރޭ އަޅުގަނޑު ދޭ ޔަގީންކަމަކީ، ދިވެހި އަސްކަރިއްޔާ ދެމި އޮތްހާ ހިނދަކު ދިވެހި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލު، ސިފައިންގެ ހުވާގައި ވާގޮތުގެ މަތިން، ލެޔާ ފުރާނައިން ގުރުބާން ވެގެން ހިމާޔަތްކުރާނެ ކަން،"

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރޭ ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ --

ނަސްރުގެ ދުވަހު ހިނގާދިޔަ ހާދިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާގެ ގާބިލުކުރަން އިތުރު ކުރަން ފެށި މަސައްކަތް އެތައް އަހަރު ހުއްޓިފައި އޮތުމަށްފަހު، އެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 3، 1988 ގައި އޭރު އޮތް ވެރިކަން ވައްޓާލުމަށް ކުރި ބަޣާވާތުގައި ދިން އުދުވާނީ ހަމަލާ ވެގެން ދިޔައީ ދިވެހި އަސްކަރިއްޔާގެ ގާބިލުކުރަން އިތުރުކަން ވެއްޖެ ކަމުގެ ރަގަބީލަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ރޭ އޮތް ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން އޭރު މަސައްކަތް ފެށި ނަމަވެސް އޭގެ 20 އަހަރު ފަހުން އެ މަސައްކަތް ހުއްޓުނު ކަމަށެވެ. މިނިސްޓަރު އިޝާރާތް ކުރެއްވީ އެ މަސައްކަތް ހުއްޓުނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމުންނެވެ.

"އާ ބާރަކާއި އާ ރޫހަކާއި، އާ ޖޯޝަކާއެކު އަލުން ފެށިގެން ދިޔައީ އޭގެ 15 އަހަރު ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު، ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމުގެ ހިމާޔަތުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލުގެ ހިމާޔަތުގައި ދަންމަވާލެއްވި ފަލަ ރަތް ރޮނގާ އެކީ،" ޣައްސާން ވިދާޅުވި އެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ ރައީސް މުއިއްޒުގެ މަސައްކަތްޕުޅުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ ކަމަށެވެ. އޭގެ އެއް ހެއްކަކީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުންކަން ވެސް ފާހަގަކުރެއްވި އެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރޭ ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ --

"ދިވެހި ރަސްކަރިއްޔާ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަދި އަޅުގަނޑުގެ ނަމުގައި ދިވެހި ރައްޔިތުންނަށް މިރޭ އަޅުގަނޑު ދޭ ޔަގީންކަމަކީ، ދިވެހި އަސްކަރިއްޔާ ދެމި އޮތްހާ ހިނދަކު ދިވެހި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލު، ސިފައިންގެ ހުވާގައި ވާގޮތުގެ މަތިން، ލެޔާ ފުރާނައިން ގުރުބާން ވެގެން ހިމާޔަތްކުރާނެ ކަން،"

މިނިސްޓަރުގެ ވާހަކަފުޅުގައި، ދިވެހި ސިފައިންނަށް ވެސް ހާއްސަ މެސެޖެއް ދެއްވި އެވެ. ވިދާޅުވީ މިއަދަކީ މިއަދު ފާހަގަކުރަމުންދާ ދުވަހުގެ ހަގީގަތުގެ މައްޗަށް ފުންކޮށް ފިކުރު ކުރަންވީ ދުވަސް ކަމަށެވެ. އަދި މިއަދަކީ ރައީސް ގެނެސްދެއްވާ ޒަމާނީ ވަސީލަތްތައް ގައުމުގެ ދިފާއަށް އަތުރާލުމަށް ވިލަރެސް ކުރަންވީ ދުވަސް ކަމަށެވެ.

"މިއަދަކީ ގައުމަށް ވަފާތެރި، ރައްޔިތުންނަށް އިހުލާސްތެރި، އަމުރަށް ކިޔަމަންތެރި ހަރާކާތްތެރިވުމަށް ހުށިޔާރު، ކެރޭ، ހީވާގި، ގާބިލް، ދިވެހި މިނިވަންކަމަށް ތައްޔާރަށް ލަޝްކަރެއް އޮތްކަން މުޅި ދުނިޔެއަށް ދައްކަންވީ ދުވަސް. މިއަދަކީ ނަފްސަށްވުރެ ގައުމު އިސްކުރުމުގެ އަޒުމް އާ ކުރަންވީ ދުވަސް،" ޣައްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ދިފާއީ ބާރުގެ އަސްކަރީ ގާބިލިއްޔަތު އިތުރުކޮށްދެއްވަން ރައީސް ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ ޝުކުރު ދަންނަވާފަ އެވެ. އަދި، ނަސްރުގެ ދުވަހު ދިވެހި ގައުމުގެ ހައްގުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.