ފަހު ތިން މަހުގެ ގްރާފް | ޑޮލަރުގެ އާމްދަނީއަށް 11 ޕަސެންޓް އިތުރުވުމެއް

އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީގެ ގޮތުގަ އެވެ، ޓީޖީއެސްޓީން ލިބުނު އާމްދަނީ ވަނީ 10 ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް އިންކަމް ޓެކުހުގެ އާމްދަނީ ވަނީ 13 ޕަސެންޓް އިތުރުވެފަ އެވެ.

އެއާލައިނަކުން ރާއްޖެ އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ : ޑޮލަރުގެ އާމްދަނީ ދަނީ އިތުރު ވަމުން

ނިމިދިޔަ ތިން ވަނަ ކުއާޓަރު ނުވަތަ "ތިން މަހުގެ ގްރާފް" ދައްކާ ގޮތުގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ކުރީ އަހަރަށްވުރެ 11 ޕަސެންޓް އިތުރުވެއްޖެ އެވެ. 

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ތިން މަހު ދައުލަތަށް ޑޮލަރުން އާމްދަނީގެ ގޮތުގައި ވަނީ 240.65 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 3.69 ބިލިއަން ރުފިޔާ ލިބިފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 236.02 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 11 ޕަސެންޓް އިތުރުވުމެކެވެ. 

ޑޮލަރުގެ އާމްދަނީ މި އަހަރާއި މިދިޔަ އަހަރު (ތިން ވަނަ ކުއާޓަރު)

  •  ޓީޖީއެސްޓީ - މި އަހަރު 115.63 މިލިއަން ޑޮލަރު | މިދިޔަ އަހަރު 104.45
  •  ޓޫރިޒަމް ބިމު ކުލި - މި އަހަރު 28.77 މިލިއަން ޑޮލަރު | މިދިޔަ އަހަރު 14.39
  •  އިންކަމް ޓެކްސް - މި އަހަރު 33.23 މިލިއަން ޑޮލަރު | މިދިޔަ އަހަރު 38.22 މިލިއަން ޑޮލަރު
  •  އެއާޕޯޓް ޑިވްލޮޕްމަންޓް ފީ - މި އަހަރު 17.54 މިލިއަން ޑޮލަރު | މިދިޔަ އަހަރު 14.82 މިލިއަން ޑޮލަރު
  •  އެހެނިހެން - މި އަހަރު 38.82 މިލިއަން ޑޮލަރު | މިދިޔަ އަހަރު 16.23 މިލިއަން ޑޮލަރު

ނިމިދިޔަ ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީގެ ގޮތުގަ އެވެ. މި އަހަރު 115 މިލިއަން ޑޮލަރުގެ އާމްދަނީއެއް ޖީއެސްޓީން  ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އަދަދު އުޅެނީ 104.45 މިލިއަން ޑޮލަރުގަ އެވެ. މި އަހަރު ވަނީ ޓީޖީއެސްޓީގެ އާމްދަނީ 10.7 ޕަސެންޓް އިތުރުވެފަ އެވެ.

މި ހިސާބުތައް ދައްކާ ގޮތުން އިންކަމް ޓެކުހުގެ ޑޮލަރު އާމްދަނީ ވަނީ ދަށްވެފަ އެވެ. މި އަހަރު 33.23 މިލިއަން ޑޮލަރު ލިބުނު ނަމަވެސް މިދިޔަ އަހަރު 38.22 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ 13 ޕަސެންޓުގެ ދަަށްވުމެކެވެ. 

ޑޮލަރުގެ އާމްދަނީ މިދިޔަ އަހަރަށްވުރެ އިތުރުވި ދާއިރާތައް

  •  ޓޫރިޒަމް ބިމު ކުލީގެ މުއްދަތު އިތުރު ކޮށްގެން - 15 މިލިއަން ޑޮލަރު
  •  ޓީޖީއެސްޓީ - 11.19 މިލިއަން ޑޮލަރު
  •  ލޭންޑް އެކުއެޒިޝަން ފީ - 4.9 މިލިއަން ޑޮލަރު
  •  ޓޫރިޒަމް ބިމު ކުލި - 4.45 މިލިއަން ޑޮލަރު

މި ކުއާޓަރުގައި ތިން މަހަށް ބަލާއިރު ޑޮލަރުގެ އާމްދަނީ ޖުލައި މަހު ވަނީ ދަށްވެފަ އެވެ. ނަމަވެސް  އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އިތުރުވެފައިވެ އެވެ. ޖުލައި މަހު 75.77 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު 104.80 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 27.7 ޕަސެންޓުގެ ދަށްވުމެކެވެ. މި އަހަރު އޮގަސްޓް މަހު 62.83 މިލިއަން ޑޮލަރު ލިބިފައިވާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބުނީ 62.02 މިލިއަން ޑޮލަރެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހު 102.05 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބިފައިވަނީ 50.06 މިލިއަން ޑޮލަރެވެ. މިއީ 103 ޕަސެންޓުގެ އިތުރުވުމެކެވެ. 

ޑޮލަރު އިތުރު ކުރަން ފިޔަވަޅު - ސަރުކާރުން ވަނީ ޑޮލަރުގެ އާމްދަނީ އިތުރު ކުރަން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. މިގޮތުން ކުރިން ބައެއް ޓެކްސްތައް ޑޮލަރުން ދެއްކުން ލާޒިމްކޮށްފައިވެ އެވެ. އަދި އެމްއެމްއޭއިން ވަނީ ޑޮލަރުގެ ލީކްއޭޖް މަދު ކުރަން ވެސް ފިޔަވަޅު އަޅަން ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.