ކައުންސިލްތަކަށް ނިކަމެތި ކަމެއް ލިބޭނެ ފަދަ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުކުރައްވާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
ކައުންސިލްތަކަށް ނިކަމެތި ކަމެއް ލިބޭނެ ފަދަ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުކުރައްވާނެ ކަމަށާއި 2025 ވަނަ އަހަރުވެސް ގާނޫނާއި އެއްގޮތަށް ކައުންސިލްތަކަށް ބަޖެޓު ލިބިގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކަ ބޭހ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީިފް މިހެން ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ މަދުކޮށް، ގާނޫނުން ދޭން ލާޒިމް ކުރާ މިންވަރަށް ވެސް ފައިސާ ހިމަނާފައިނުވާތީ އިދިކޮޅު ބައެއް ޕާޓީތަކުން ކަންބޮޑުވުންފާޅު ކުރަމުންދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އާދަމް ޝަރީފް ވިދާޅުވީ ލާމަރުކާޒީ ނިޒާމް ހަރުދަނާކުރުމާއި ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި 160 އަށްވުރެ ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވައި، ކަުއންސިލްތަކުގެ އަޑު އެއްސެވީ ހަމައެކަނި ރައީސް މުއިއްޒު ކަމަށްވެސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދެ އހަަރު ދުވަސް ތެރޭ 120 އަށްވުރެ ގިނަ ކައުންސިލްތައް އަޅުއްވާނެ. ކައުންސިލްތަކަށް ނިކަމެތިކަން ލިބޭނެފަދަ ކަމެއް ރައީސް ޑރ. މުއިއްޒު ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް. 2025 ވަނަ އަހަރުވެސް ގާނޫނާއި އެއްގޮތަށް ކައުންސިލްތަކަށް ބަޖެޓު ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު މިއަދު ވަނީ ވިދާޅުވެފައި." އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުގެ ޖުމުލަ އާމްދަނީ ކަމަށް ލަފާ ކުރާ މިންވަރުގެ ފަސް ޕަސެންޓު މަދުވެގެން ކައުންސިލުތަކަށް ހާއްސަ ކުރަންޖެހޭ ކަމަށް ބަޔާން ކޮށްފައި އޮންނަނީ ލާމަރުކަޒީ ގާނޫނުގެ 9 ވަނަ މާއްދާގެ ހ. ގެ އެއްވަނަ ނަންބަރުގަ އެވެ.
މި އަހަރު ދައުލަތުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި ލަފާކޮށްފައި ވަނީ 34,955,459,058 (34 ބިލިއަން) ރުފިޔާ އެވެ. އޭގެ ފަސް ޕަސެންޓަކީ 1،747،772،952 (1.7 ބިލިއަން) ރުފިޔާ އެވެ. އެކަމަކު ކައުންސިލްތަކަށް ދިނުމަށް ޖަހާފައި ވަނީ އެއަށް ވުރެ މަދުން އެންމެ 1,447,316,071 (1.4 ބިލިއަން) ރުފިޔާ އެވެ.
މިކަމާ ގުޅިގެން ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ކަންބޮޑުވުންފާސހަރޅު ކޮށްފައެވެ.