އެ މުއްދަތުގައި ހެލްތު އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ދޫކޮށްފައިވަނީ 228.8 މިލިއަން ރުފިޔާ އެވެ. އެއީ އިންޝުއަރެންސް ކުންފުނިތަކުން ކްލެއިމްގެ ގޮތުގައި ދޫކުރި ފައިސާގެ ގާތްގަނޑަކަށް 88 އިންސައްތަ އެވެ.
ހެލްތު އިންޝުއަރެންސްގެ ޕްރިމިއަމްގެ ގޮތުގައި ފާއިތުވި ތިން ކުއާޓާގައި 513 މިލިއަން ރުފިޔާ އިންޝުއަރެންސް ކުންފުނިތަކަށް ލިބިފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރުގެ ނިޔަލަށް ހުރިހާ ބާވަތެއްގެ އިންޝުއަރެންސްގެ ޕްރިމިއަމްގެ ގޮތުގައި އިންޝުއަރެންސް ކުންފުނިތަކަށް ޖުމްލަ 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެ މުއްދަތުގައި ކްލެއިމްސްގެ ގޮތުގައި އިންޝުއަރެންސް ކުންފުނިތަކުން ދޫކޮށްފައިވަނީ ޖުމްލަ 276.4 މިލިއަން ރުފިޔާ އެވެ.
މި އަހަރު އެއް ދާއިރާއަކުން އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު ދާއިރާއަކީ ހެލްތު އިންޝުއަރެންސް އެވެ. ހެލްތު އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި 513 މިލިއަން ރުފިޔާ އިންޝުއަރެންސް ކުންފުނިތަކަށް އަހަރުގެ ފުރަތަމަ ތިން ކުއާޓާގައި ލިބުނެވެ.
އެ މުއްދަތުގައި ހެލްތު އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ދޫކޮށްފައިވަނީ 228.8 މިލިއަން ރުފިޔާ އެވެ. އެއީ އިންޝުއަރެންސް ކުންފުނިތަކުން ކްލެއިމްގެ ގޮތުގައި ދޫކުރި ފައިސާގެ ގާތްގަނޑަކަށް 88 އިންސައްތަ އެވެ.
ހެލްތު އިންޝުއަރެންސްގެ ގޮތުގައި ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ލިބުނު ނަމަވެސް އާސަންދައިގެ ހިދުމަތަށް ގެނައި ބަދަލާއެކު އިންޝުއަރެންސް އޮންނަ މީހުންނަށް ހިދުމަތް ދިނުމުގައި ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަން ދިނުމަށް ނިންމުމާއެކު އިންޝުއަރެންސް ކުންފުނިތަކުގެ ކޭޝްލެސް ހިދުމަތްތައްވަނީ ހުއްޓާލާފަ އެވެ.
އަދި އާސަންދައާ ނުލައި ޕްރައިވެޓް ހެލްތު އިންޝުއަރެންސްއިން ދޭ ހިދުމަތްތަކަކީ އެއަށް ބަރޯސާނުވެވޭ ހިދުމަތެއްކަމުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.