ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 13 ވަނަ ޓަވަރު ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ތެރެއަށް ވަދެ އޭގެ ތެރޭގައި ހުރި ވަޔަރުތައް ބުރިކޮށްގެން ވައްކަން ކުރަން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
ހިޔާ އަވަށުގައި ހުރި ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅުނު މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 13 ވަނަ ޓަވަރު ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ތެރެއަށް ވަދެ އޭގެ ތެރޭގައި ހުރި ވަޔަރުތައް ބުރިކޮށްގެން ވައްކަން ކުރަން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ އެ ރޭގެ ފަތިހު 5:30 ހާއިރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. މާޅެންދޫ، ފެހި އައްސޭރިގޭ، އަހްމަދު ރިސްފާން، 32އ. އެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭނާ އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
އެ މުއްދަތު ހަމަވެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ހިޔާ އަވަށުގައި ބަހައްޓާފައިހުންނަ ޓްރާންސްފޯމަރުތަކުން ކަރަންޓު ވަޔަރު ބުރިކޮށްގެން ވަގަށް ގެންދާ މައްސަލަ ވަނީ ބޮޑުވެފައެވެ. މިގޮތަށް ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް މީހަކު ވަނީ މަރުވެފަ އެވެ.